ads
އާލިއާ
އާލިއާ ބަޓް އެޑްމިޓްކޮށްފި
ބޮލީވުޑް ސްޓާރު އާލިއާ ބަޓް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި ކަމަށް އިންޑިއާގެ ނޫސްތަކުން މިއަދު ހެނދުނު ރިޕޯޓުކޮށްފިއެވެ.

އާލިއާ އެޑްމިޓް ކުރީ އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރާ އެކު ހޮސްޕިޓަލަށް ޗެކަޕް އެއް ހެދުމަށް ދިޔުމުންނެވެ.

އެޑްމިޓް ކުރީ ވިހަންކަމަށް ވެސް ބައެއް އަޑުތައް ފެތުރުނެވެ. ނަމަވެސް އާލިއާގެ އާއިލާ މީހަކު ފަހުން ބުނެފައިވަނީ އޭނާ އެޑްމިޓް ކުރީ ޗެކްއަޕްއެއް ހެދުމަށް ކަމަށެވެ. 

އެގޮތައް ރިޕޯޓުކޮށްފައިވަނިކޮށް އާލިއާގެ ބައްޕަ މަހޭޝް ބަޓް ބުނެފައިވަނީ އޭނާ ކާފަ ދަރިފިޅެއް މިއަދު ލިބޭނެކަމަށް އުންމީދު ކުރަމުން ގެންދާކަމަށެވެ. 

އެމީހުންނަށް ލިބެނީ ފިރިހެން ދަރިއެއްކަމަށް ވެސް މަހޭޝް ބުނެއެވެ.  

އާލިއާ ދިޔައީ ސިޒޭރިއަނަކަށް ނުގޮސް ވިހެއުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންވަނުންނެވެ. 

އާލިއާ އާއި ރަންވީރު ކައިވެނި ކުރީ މިއަހަރު އޭޕްރީލް 7 ވަނަ ދުވަހުއެވެ.

އާލިއާ ވިހަން ތައްޔާރުވާއިރު އޭނާއާއި ރަންވީރު ކައިވެނިކުރިތާ އަދިވީ އެންމެ 7 މަހެވެ. 

19%
ކަމުގޮސްފި
46%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް