ads
އެފްއޭއެމްގެ ރައީސް ބައްސާމް
އެފްއޭއެމުން އެއްބަސްވުމާ ހިލާފުވެފައިވާތީ އެޗްޑީސީން އެކަން ބަލަނީ
އެއްބަސްވުމާ ހިލާފަށް ހުޅުމާލޭން އެފްއޭއެމަށް ދީފައިވާ ބިމުން ބައެއް އެޕޯލޯ ހޯލްޑިންގްސް އަށް ދިން މައްސަލަ އެޗްޑީސީން ބަލަން ފަށައިފިއެވެ.

އެފްއޭއެމަށް ދީފައިވާ ބިމުން ބައެއް ދިގު މުއްދަތަކަށް އެޕޯލޯ ހޯލްޑިންގްސްއަށް ދިންކަން ފެންމަތިވީ ސިވިލް ކޯޓުގެ ހުކުމަކާއެކުއެވެ. އެ މައްސަލަ މީޑިއާއަށް ތިލަވުމާއެކު އެޗްޑީސީން ބުނެފައިވަނީ އެފްއޭއެމުން އެ ބިން އެހެން ބަޔަކަށް ދީފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް އެޗްޑީސީއާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނެއެވެ. މިކަމުގައި އެޗްޑީސީން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެފްއޭއެމުންވަނީ އެޕޯލޯގެ އިތުރުން އެހެން ބައެއް ފަރާތްތަކަށްވެސް ބިން ކުއްޔަށްދީފައެވެ. އެޗްޑީސީން ހުޅުމާލޭން އެފްއޭއެމަށް ބިން ދޫކޮށްފައިވަނީ ފުޓްބޯލް ޓްރެއިނިން ފެސިލިޓީއެއް ހަދާށެވެ. މި ބިމުގައި ދެ ފުޓްބޯޅަ ދަނޑު ހެދުމަށް އެއްބަސްވެ ބިން ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

މާލީ ބޮޑު މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމާ ދެކޮޅަށް ޝަރީއަތުގައި އެތައް މައްސަލައެއް ހިނގަމުންދާއިރު، ކަރަންޓް ބިލު ނުދައްކައިގެން އެފްއޭއެމްގެ ކަރަންޓްވަނީ ކަނޑާލާފައެވެ. އަދި މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަވެސްވަނީ ފެންމަތިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް