ads
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--
ކޭބަލް ކާރު މަޝްރޫއާ ގުޅޭގޮތުން ޖާބިރު މިނިސްޓަރު ނަހުލާއާ މަޝްވަރާކޮށްފި
ކ. ކާށިދޫ އާއި ކ. ގާފަރު ކޭބަލް ކާރުން ގުޅާލުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެކު އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޝްވަރާ ކުރައްވައިފި އެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެޕާޓީގެ ލީޑަރު ޖާބިރު، މިނިސްޓަރު ނަހުލާއާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ކާށިދޫ އެއާޕޯޓާއި ކޭބަލް ކާރު ޕްރޮޖެކްޓް، އަދި ކޮމާޝަލް އެއާލައިނެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ހޯދުމާއި މުޅި ރާއްޖޭގެ ޓްރާންސްޕޯޓް ނެޓްވޯކަށް ހިޔާލު ހުށަހެޅުމަށް އެދުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ޑީއާރުޕީން ބުނެ އެވެ.

ކާށިދޫ އާއި ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ވައުދެކެވެ.

ކޭބަލް ކާރުން ކާށިދޫ އާއި ގާފަރު ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނީގެ ރައީސް ކާށިދޫއާއި ގާފަރަށް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ ވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވި އިރު ޖާބިރު ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކޭބަލް ކާރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން ކޭބަލް ކާރު ރާއްޖެއަށް ތައާރަފުކުރެވިއްޖެނަމަ އެއީ ބޮޑު އާމްދަނީއެއް ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ޖާބިރު އޭރު ވިދާޅުވިއެވެ.

ކާށިދޫ އާއި ގާފަރު ގުޅާލާނަމަ އެ ދޭތެރޭގައި 24 ކިލޯމީޓަރުގެ ކޭބަލް އަޅަންޖެހެ އެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް