ads
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
ކެސީނޯ އަޅަން ހުއްދަ ދޭން ޖެހޭނެ
ރާއްޖޭގައި ކެސީނޯ އަޅަން ހުއްދަ ދޭން ޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ. ބަޖެޓް ބަހުސްގައި ޖާބިރަކީ އެންމެ ފުރަތަމަ ވާހަކަ ދެއްކެވި މެންބަރެވެ.

ޖާބިރު ވިދާޅުވީ ކެސީނޯ އެޅުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެއީ ދިވެހިންނަށް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކެސީނޯ އަޅަން ހުއްދަދޭން ޖެހޭނެ. ދިވެހިރާއްޖޭގައި ހޮޓާ ހިންގަން ބަނގުރާ ވިއްކަން އެހެން ތަންތަނަށްވެސް ދިން ގޮތަށް ލައިސެންސް ކުރަންވީ. ތަހުޒީބުވާންވީ. ކެސިނޯ އަޅާނީ ދިވެހިރާއްޖޭގެ ރައްޔިތުންނަކަށް ނޫނޭ. ބާ އަޅަންވީ ދިވެހި ރައްޔިތުންނަކަށް ނޫނޭ. ދިވެހި ރައްޔިތުންނަކީ ރާ ބޯބައެއް ނޫނޭ ޖުވާ ކުޅޭ ބައެއް ނޫނޭ.

ކެސީނޯ އަޅަން ހުއްދަދޭން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވެފައިވާއިރު، ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯގެ ހިދުމަތް ނުދެވެނީ އެކަމަށް ސާފު ގަވާއިދުތަކެއް ނެތުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިންވަނީ ވިދާޅުވެފައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް