ads
އާލިއާ އަދި ރަންބީރު
ދަރިފުޅު އުރާލުމަށްފަހު ރަންބީރަށް ކަރުނަތައް ކޮންޓްރޯލެއްނުވި
ބައްޕަކަން ބައްދާލުމަކީ ދުނިޔޭގައި ކުރެވޭ އެންމެ މަތިވެރި އެއް އިހުސާސެވެ.

އަދި ރަންބީރު ކަޕޫރަށް ވެސް ތަޖުރިބާ ކުރެވުނީ އޭނާގެ ކުޑަކުޑަ "ޕްރިންސެސް" ފުރަތަމަ ފަހަރަށް ހިފަހައްޓާލުމުންނެވެ. ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރަންބީރު ކަޕޫރަށް އޭނާގެ ތުއްތު އަންހެން ކުއްޖާ ފެނުމުން ކަރުނަތައް ކޮންޓްރޯލް ނުކުރެވުނެވެ.

މިކަމާ ގުޅޭގޮތުން އެމީހުންގެ އާއިލާ މީހަކު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ "ރަންބީރު އެހާ އުފާވި ތަނެއް އަހަރެމެން ދުވަހަކުވެސް ނުދެކެން. އޭނާއަކީ މުޅިން ތަފާތު މީހެއް. އާންމުކޮށް އޭނާއަކީ މި މަޑުމައިތިރި މީހެއް ނަމަވެސް އަންހެން ދަރިފުޅު އައުމާއެކު އޭނާގެ ފޯރިއާއި އުފަލާއި ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވި. އަދި އެ... ވަގުތުކޮޅެއް އޭނާގެ އަތުގައި ހިފައިގެން އަންހެން ދަރިފުޅު ރޯން ފެށިއިރު، އޭނާއަށް ބަލާލިއިރު އެންމެން ތިބީ ކަރުނައިން ފުރިފަ" ކަމަށެވެ.

 

ރަންބީރު ކަޕޫރަކީ ބޮލީވުޑްގެ އެންމެ ރީތި އެއް އެކްޓަރެވެ. ވެޓެރަން އެކްޓަރު ރިޝީ ކަޕޫރާއި އޭނާގެ އަންހެނުން ނީތޫ ކަޕޫރުގެ ދަރިފުޅު ނީތޫ ކަޕޫރުގެ ހާއްސަ އެކްޓިން ހުނަރާއި ހިތްގައިމު ޝަޚުސިއްޔަތުގެ އިހުތިރާމާއެކު އެތައް މިލިއަން ހިތެއްގެ މައްޗަށް ވެރިކަން ކުރެއެވެ. އެކްޓިން ކެރިއަރުގެ އިތުރުން ރަންބީރު އެކްޓަރު ގިނަ ފަހަރަށް ސުރުޖހީތަކަށް އަރަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ސަބަބުންނެވެ.

ރަންބީރު ކައިވެނި ކުރީ އޭނާގެ ހަޔާތުގެ ލޯބިވެރިޔާ އާލިއާ ބަޓް އާއި 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.

ރަންބީރާއި އާލިޔާ އުޅެނީ ދިރިއުޅުމުގެ އެންމެ ރަނގަޅު މަރުހަލާގައެވެ. ވަރަށް ލޯބިވާ މި ދެމަފިރިން މިވަގުތު ތިބީ މެދު އުޑުގައެވެ. އެ ދެމަފިރިން ވަނީ އެމީހުންގެ ކުޑަކުޑަ އަންހެން ދަރިފުޅަށް މަރުހަބާ ކިޔާފައެވެ. އެއީ މި ހިނގާ ނޮވެމްބަރު 6،  ވަނަ ދުވަހުއެވެ. 

69%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް