ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު
ރައީސް ސޯލިހަށް ތާއީދެއް ނުކުރަން: ރައީސް ނަޝީދު
ކުރިއަށް އޮތް، ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑިޕީގެ ޕްރައިމަރީގައި، ރައީސް ސާލިހަށް ތާއީދު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ވިދާޅުވި ވިދާޅުވުމުގެ މީޑިއާ ކަވަރޭޖާއެކު، އެމްޑީޕީގެ މެންބަރުން ތިއްބެވި ގްރޫޕެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގްރޫޕުގައި ރައީސް ނަޝީދު ސާފު ބަހުން ވިދާޅުވީ 'މިފަހަރު ރައީސް ސޯލިހަށް ތާއިދުކުރެވޭކަށް ނެތް' ކަމަށެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް، ސަރުކާރުން ހީކުރާ ވަރުގެ ތާއީދެއް މިހާރަކު ނެތް ކަމަށްވެސް މީގެ ދުވަސްކޮޅެއް ކުރިން ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

82%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް