ads
ސޮއެ ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން---ފޮޓޯ:ފެނަކަ
ފެނަކައިގެ ދެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ފެނަކަ ކޯޕަރޭޝަނުން ގއ. ގެމަނަފުށި އަދި ށ. މިލަންދޫގައި އަލަށް ގާއިމް ކުރާ އޮފީސް، އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ގެމަނަފުށީ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި ހަވާލުވީ އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މިލަންދޫގައި އިމާރާތްކުރާ އޮފީހުގެ މަސައްކަތާ ހަވާލުވީ ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަދި އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.

ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއެއްބަސްވުމުގައި ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރަޝީދެވެ.

ގެމަނަފުށީގެ އިމާރާތް ކުރެވިގެންދާ އޮފީސް އިމާރަތުގެ މަސައްކަތް ހަވާލު ކުރެވިފައި ވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 1.98 މިލިއަން ރުފިޔާ އަށެވެ. މި އިމާރަތް ނިންމުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން 2020 އެވެ. 

މިލަންދޫ އިމާރާތް ކުރެވިގެންދާ އޮފީހުގެ މަސައްކަތް ހަވާލު ކުރެވިފައި ވަނީ 305 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 9.58 މިލިއަން ރުފިޔާ އަށެވެ. މި އިމާރަތް ނިންމުމުގެ އެންމެ ފަހު ތާރީހަކީ 31 ޑިސެންބަރު 2020 އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް