ads
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިއުލާންކޮށްފި
ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ލިބޭ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގެ ދެވަނައަށްދާ ޓީމަކަށް 10000 ރުފިޔާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށެވެ. 

އިއްޔެ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން، އެ އިއުލާނާ އެކުގައިވާ ގޫގުލް ފޯމު މެދުވެރިކޮށް މި މަހުގެ 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެދިފައިވެއެވެ. އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 8 ޓީމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ، އަންނަ ޑިސެންބަރު މަހުގެ 2 އިން ފެށިގެންނެވެ.

"އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2022" ގެ ނަން ދީފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދައި ދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ގައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެ އިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ، އެމްޓީސީސީއެވެ. އަދި ކޯސްޕޮންސަރަކަށް ހަމަޖެހިފައިވަނީ ފެނަކަ އެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަށް ނުޖެހޭނެ ކަމުގައިވެސް އިއުލާނުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް