ads
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ސަރުކާރު ސްލޯ ވީމަ އެމްޑީޕީ މެމްބަރުން ކަންބޮޑުވޭ: ސައީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާލެއް ލަސްކަމަށާއި، އަދި އެކަމާއި ގުޅިގެން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ވެސް ކަންބޮޑުވާކަން އިނގޭކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ސައީދު ވަނީ ސަރުކާރަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ސައީދު ވިދާޅުވީ، ރާއްޖޭގެ ދަރަނި ދުވަހުން ދުވަހަކަށް އިތުރުވަމުން ދާކަމަށާއި، އަދި ދަރަނި ދެއްކުމުގެ ގާބިލުކަން މިސަރުކާރުގައި ނެތްކަމަށެވެ. 

ސައީދު ވިދާޅުވީ އެއާޕޯޓުން އިތުރު ޓެކްސެއް ނެގުމުން އޭގެ އަސަރު ގެސްޓް ހައުސްތަކަށް ވެސް ކުރާނެ ކަމަށެވެ. 

"މި ވާހަކަދައްކާއިރު މިއަދު އަޅުގަނޑުމެން ހިތަށް ގެންނަންޖެހޭ، 76 ބިލިއަން ރުފިޔާ މިއަދު ދަރަނި އިތުރުވެއްޖެ. ތިވިދާޅުވާ ބްރިޖް އަނެއްކާ 500 މިލިއަން އެމެރިކާ ޑޮލަރަށް ބްރިޖް އެޅީމަ 8 ބިލިއަން އެއަށް އިތުރު ވީމަ އެ އިތުރުވެގެން ދަނީ 84 ބިލިއަން ދިވެހިރާއްޖޭގެ ބަޖެޓަށް. ބަނދަރު އަނެއްކާ ހަދަން ފަށައިފިނަމަ އިއްޒަތްތެރި ރައީސް 90 ބިލިއަނަށް މިގައުމުގެ ދަރަނި އިތުރުވެގެން އެބަދޭ."

ސައީދު ވިދާޅުވީ ކަންބޮޑުވަނީ މަސައްކަތް ނުކުރާތީ ނޫންކަމަށާއި، ކަންބޮޑުވަނީ ދަރަނި އަދާކުރާނެ ވަރުގެ ގާބިލުކަމެއް މިސަރުކާރުގައި ނެތުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް