ads
ރާއްޖޭގެ ރަށެއްގެ މަންޒަރެއް
ތުއްތު ދަރިފުޅުގެ ޑީއެންއޭއަށް ދެކޮޅު ހެދި މަންމަ ޖަލަށް
ކައިވެނީގެ ބޭރުން ވިހެހި ތުއްތު ދަރިފުޅުގެ ޑީއެންއޭ ހެދުމަށް ދެކޮޅު ހެދި މަންމައަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭން އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާއަކީ ކައިވެނީގެ ބޭރުން އެ އަންހެން މީހާ ވިހެއި މައްސަލައިގެ ތަހުގީގުގައި ތުއްތު ކުއްޖާގެ ޑީއެންއޭ ހެދުމަށް ކޯޓު އަމުރަކާއެކު ފުލުހުން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އެޅި އެ ތުއްތު ކުއްޖާގެ މަންމަގެ މައްޗަށް ކުރި ހުކުމެކެވެ. ކައިވެނީގެ ބޭރުން ވިހެއުމާ ގުޅިގެން އެ އަންހެން މީހާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ 100 އެތިފަހަރުން ހައްދު ޖެހުމަށާއި މަސް ދުވަހަށް ގޭ ބަންދު ކުރުމަށްވެސް ކޯޓުން މިއަދު ހުކުމް ކުރިއެވެ.

ޑީއެންއޭ ހެދުމަށް ފުލުހުން ތުއްތު ކުއްޖާގެ ސާމްޕަލް ނެގުމަށް ދިޔުމުން މި އަންހެން މީހާވަނީ އެކަމަށް އިންކާރުކޮށް ސާމްޕަލް ނަގަން ޖެހޭނީ ގަދަކަމުން ކަމަށް ތަކުރާރުކޮށް ބުނެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅާފައިކަމަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި އޮތެވެ.

މި މައްސަލައިގައި ތުއްތު ކުއްޖާގެ މަންމަ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރިނަމަވެސް އެ ހުކުމް ފަނޑިޔާރުވަނީ 4 މަހާއި 24 ދުވަހުގެ ގޭ ބަންދު ހުކުމަކަށް ބަދަލުކޮށްފައެވެ. އެއީ އެ އަންހެން މީހާގެ ކުށުގެ ރެކޯޑެއް ނެތުމާއި އަދި ކުށުގެ ވެށީގައި އުޅޭ މީހަކަށް ނުވުމުގެ އިތުރުން ކުޑަ ކުދިން ބަލަހައްޓަމުންދާ މީހަކަށްވާތީ އެހެން ކުށްވެރިންނާއެކު ޖަލަށް ލުމުގެ މަސްލަހަތެއް ނެތުމުންނެވެ.

32%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
55%
ވަރަށް ސަލާމް
ކޮމެންޓްސް