ads
ރަންބީރާ އާލިއާ
ރަންބީރާއި އާލިއާ ދަރިފުޅާއެކު ހޮސްޕިޓަލުން ފިލައިފި
ޕަޕަރާޒީންނަށް ފިލުމުގެ ބޭނުމުގައި އާލިއާ ބަޓް އާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު އެމީހުންގެ ތުއްތު އަންހެން ދަރިފުޅާއެކު ހޮސްޕިޓަލުން ފިލައިގެން ގެއަށް ގޮސްފިއެވެ.

އެމީހުން ފިލައިގެން ހޮސްޕިޓަލުން ނުކުތް ނަމަވެސް، ޕަޕަރާޒީ ނޫސްވެރިންގެ ކިބައިން ސަލާމަތްވާގޮތެއް ނުވިއެވެ. 

ޕަޕަރާޒީން ވަނީ ރަންބީރު ދަރިފުޅާއެކު ކާރަށް އަރާ އިންދައި އެމީހުން ހޯދައިގެން ފޮޓޯ ނަގާފައެވެ. ނަމަވެސް ޕަޕަރާޒީންނަށް އެމީހުންގެ ދަރިފުޅުގެ ސާފު ފޮޓޯއެއް ނުނެގުނެވެ. 

ބައެއް ރިޕޯޓުތައް ބުނާގޮތުން ރަންބީރާއި އާލިއާ ގެއަށް ދިއުމުގެ ކުރިން ޕަޕަރާޒީންނަށް ފިލަންވެގެން ވަނީ ޕްލޭނެއް ވެސް ހަދާފައެވެ. އަދި އެމީހުން ފިލުމަށް ކުރި ޕްލޭންގެ އެއްބައި މިވަނީ ކާމިޔާބު ވެފައެވެ. ސަބަބަކީ އެމީހުންގެ ދަރިފުޅުގެ ފޮޓޯއެއް ޕަޕަރާޒީންނަށް ނުނެގުނީމައެވެ. 

your imageރަންބީރު ދަރިފުޅާއެކު ފިލަނިކޮށް ޕަޕަރާޒީން ނަގާފައިވާ ފޮޓޯއެއް

ރަންބީރާއި އާލިއާ ގެއަށް ގޮސްފައިވަނީ ވަކިން ދެ ކާރެއްގައި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.  

އިންޑިއާގެ ބައެއް މީހުން އެމީހުންގެ ދަރިފުޅު ވަކި އުމުރަކަށް ބޮޑުވަންދެން ނުދަންނަ މީހުންނަށް ދަރިން ނުދައްކަނީ އެސްފީނާ ޖެހިދާނެތީއެވެ. 

އާލިއާއާއި ރަންބީރަށް ދަރިއަކު ލިބުނީ ނޮވެންބަރު 6 ވަނަ ދުވަހުއެވެ. 

އާލިއާ އާއި ރަންބީރު ކައިވެނި ކުރީ މިއަހަރުގެ ކުރީކޮޅުއެވެ. އެމީހުންނަށް ދަރިއަކު ލިބުނީ ކައިވެނިކުރިތާ ހަތް މަސް ދުވަސް ފަހުންނެވެ.

14%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް