ads
ޝާހްރުކް
ޝާހްރުކް ހާން އަށް އަސްލު ކިޔާ ނަން އިނގޭތަ؟
ބޮލީވުޑް ކިންގް ޝާހްރުކް ހާންގެ ނަން ނޭނގޭ މީހަކު މަދުވާނެކަން ގައިމެވެ. އެކަމަކު އަބްދުރަހުމާން އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހުން ތިބޭނެކަން ގައިމެވެ.

ޕްރޮގްރާމެއްގައި ވާހަކަ ދަައްކަމުން ޝާހްރުކް ބުނިގޮތުގައި އޭނާއަށް އެންމެ ފުރަތަމަ ކިޔާފައިވަނީ އަބްދުއްރަހުމާން އެވެ. އެއީ އޭނާގެ ކާފަ އޭނާއަށް ކިޔަން ބޭނުންވި ނަން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެނަން ރަޖިސްޓްރީ ނުކުރާ ކަމަށް ޝާހްރުކް ބުންޏެވެ. އަދި ފަހުން ޝާހްރުކް ހާން ނަމުން އޭނާއަށް ނަން ދިނީ ބައްޕަ ކަމަށް އޭނާ ބުންޏެވެ.

ޝާހްރުކް ބުނީ، އޭނާއަށް އަބްދުއްރަހުމާން ކިޔާނަމަ، ފިލުމުތަކުގައި އޭނާގެ ނަން ބޭނުންކުރާއިރު ”ކިހާ ހަޑިވާނެ ހޭ “ބައެއް ފަހަރު ހިތަށް އަރާ ކަމަށެވެ.  

”އަހަންނަށް ވަރަށް އޮޑްވެސް މެ، ވިސްނާލާ، ބާޒީގަރް ސްޓާރީން އަބްދުއްރަހުމާން. އެކަމަކު ބާޒީގަރު ސްޓާރީން ޝާހްރުކް ހާން. މާ ސަޅިއެއްނު،“ ޝާހްރުކް ބުންޏެވެ.

އޭނާ ބުނީ، ޝާހްރުކްގެ މާނައަކީ ”ޕްރިންސް ލައިކް ފޭސް“ ކަމަށެވެ.

23%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް