ads
މީގެ ކުރިންވެސް ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަންތައް ސިފައިން ހިންގާފައިވޭ
މާލެއާއި އައްޑޫ ސިޓީގައި ޓެރަރިޒަމް އޮޕަރޭޝަނެއް ފަށައިފި، ގެތަށް ބަލައި ފާސްކުރަނީ
ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ފަށައިފި އެވެ.

މީގެ އިރުކޮޅެއް ކުރިން ފެށި އެއޮޕަރޭޝަންގެ ދަށުން  އައްޑޫ ސިޓީ ހިތަދޫގެ ގެ އެއް މިވަގުތުވެސް ދަނީ ބަލައި ފާސްކުރަމުން ކަމަށް މައުލޫމާތު ލިބިއެވެ.

މި އޮޕަރޭޝަން ފެށީ، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށް ވެެއެވެ. ނަމަވެސް ފުލުހުންވެސް އަދި އެމްއެންޑީއެފް އިންވެސް މިކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލު ހާމަ ކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ. 

 

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ މައުލޫމާތަކާއި ގުޅިގެން މިއަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ޖޮއިންޓް އޮޕަރޭޝަނެެއް އައްޑޫ އާއި މާލޭގައި ހިންގާފައި ވެއެވެ. އެ ފަހަރުގެ އޮޕަރޭޝަންގައި އައްޑޫއިން ނުވަ މީހަކު ހައްޔަރުކުރި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް