ads
މުބާރާތުގެ ފައިނަލް އިން ދީމާ ހޯދި ރިހި މެޑަލް - ފޭސްބުކް
ބައިނަލްއަގުވާމީ މައިދާނުގައި އަނެއްކާވެސް ދީމާއަށް ކާމިޔާބު ވަނައެއް!
ހޯމަ ދުވަހުގެ ހެނދުނު ނިމިގެން ދިޔަ ޗޮމްބޫރީ ޕީއޭއޯ އޯޕަން 2020 ޓޭބަލް ޓެނިސް މުބާރާތުން، ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލެއް ހޯދައިފި އެވެ.

ތައިލެންޑްގައި ކުޅެވުނު މި މުބާރާތުގައި ދީމާ ރިހި މެޑަލް ހޯދާފައި ވަނީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ފައިނަލުންނެވެ. ފައިނަލުން ބަލިވި ކަމުގައިވީނަމަވެސް ދީމާ ވަނީ މުޅި މުބާރާތުގައި މޮޅު ކުޅުމެށް ދައްކާފަ އެވެ. އެގޮތުން މުބާރާތުން ދީމާ ފުރުސަތު ހޯދާފައި ވަނީ ކޮލިފައިންގެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެން ނެވެ.

ކުއާޓާ ފައިނަލުގެ މެޗުން ދީމާ 3-1 މޮޅުވިއިރު، ސެމީ ފައިނަލުން ތައިލެންޑްގެ ކުޅުންތެރިއަކާ ވާދަކޮށް 3-2 ދީމާ ވަނީ މޮޅު ވެފައެވެ.

ތައިލެންޑްގެ ކުޅުންތެރިއަކާ ވާދަކޮށްގެން، މުބާރާތުގެ ފައިނަލުން ދީމާ ބަލިވިީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގޮސްފާ ވަނީ 11-4، 11-6 އަދި 11-3 އިންނެވެ.      

އުމުރުން 12 އަހަރުގައި، 15 އަހަރުން ދަށުގެ ބައިން ރިހި މެޑަލް ހޯދާފައިވާއިރު، ދީމާ ވަނީ މުބާރާތުގެ 18 އަހަރުން ދަށުގައި ވެސް ވާދަކޮށް މޮޅު ކުޅުމެއް ދައްކާފަ އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ އުއްމީދީ އެއް އެތްލީޓް ކަމަށްވާ، ދީމާ ވަނީ މިދިޔަ އަހަރު ތައިލެންޑުގައި އޮތް މުބާރާތެއް ކަމަށްވާ އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފަ އެވެ. އަދި މީގެ އިތުރުން، ދީމާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދީފަ އެވެ.   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް