މިނިސްޓްރީން ބުނީ 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ބިޑު ހުށަހެޅުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން 15 ކުންފުންޏަކުން ބިޑު ހުށަހަޅާފައިވާއިރު އެކުންފުނިތަކުގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވަނީ ހަތަރު ކުންފުންޏެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ވައުދެކެވެ. އެގޮތުން ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ 6561 މީހުން އެބަތިބި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖު ކޯޕަރޭޝަނާ އެކު ފަސް ކުންފުންޏަކަށް ހުއްދަދީފަ އެވެ.
އެއީ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓޭޑާއި މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑުގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓޭޑް އަދި އަލް ހަރްމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ.