އެއާޕޯޓްގައި 18 އަހަރު ވަންދެން ދިރިއުޅުނު ކަރީމް ނައްސޭރީ.
18 އަހަރު ވަންދެން އެއާޕޯޓްގައި ދިރިއުޅުނު މީހާ އެއާޕޯޓްގައި މަރުވެއްޖެ
Share
ފްރާންސްގެ އެއާޕޯޓެއްގައި 18 އަހަރު ވަންދެން ދިރިއުޅުނު މީހާ އެ އެއާޕޯޓްގައި ހުއްޓާ މަރުވެއްޖެ އެވެ.
Advertisement

އިރާނަށް ނިސްބަތްވާ ކަރީމީ ނައްސޭރީ ވަނީ ފްރާންސްގެ ޗާލްސް ގައުލޭ އިންޓަނޭޝަލް އެއާޕޯޓްގައި 18 އަހަރު ހޭދަކޮށްފަ އެވެ. އެއާޕޯޓްގެ އެމަޖެންސީ ސާވިސަސް އިންބުނީ އޭނާ މަރުވީ އެ އެއާޕޯޓްގެ ޓާމިނަލް 2އެފްގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

އޭނާ 1988 ވަނަ އަހަރު އެ އެއާޕޯޓްގެ ޓާމިނަލް އެކެއްގައި މަޑުކުރި ގޮތައް 2006 ވަނަ އަހަރާ ޖެހެންދެން މަޑުކުރަން ޖެހުނީ ރެޒިޑެންސީ ޕެޕާސްއެއް ނެތުމުން ގާނޫނީ ގޮތުން ހުރި ހުރަސްތަކެއްގެ ސަބަބުންނެވެ.

ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ފަހުން އެއާޕޯޓުގައި މަޑުކުރީ އަމިއްލަ އިހުތިޔާރުގައެވެ. 

އޭނާ 1988 އަށް ވަނަ އަހަރު އެ އެއާޕޯޓްގައި މަޑު ކުރަން ޖެހުނީ އޭނާގެ ޑޮކިއުމަންޓްތައް މީހަކު ފޭރުމުގެ ސަބަބުން ލިޔެކިޔުންތަކެއް ނެތުމުންކަމަށް އޭނާ ބުނެފަވެއެވެ.

ކަރީމް އެއާޕޯޓްގައި ނިދާ އުޅުނީ ޕްލާސްޓިކް ބެންޗެއްގަ އެވެ. އަދި އޭނާ ފެންވަރާ، ތާހިރުވެ އުޅުނީ ސްޓާފް ފާހަނަތަކުން ނެވެ. 

your image  ކަރީމް އެއާޕޯޓްގައި ނިދާފައި.

1999 ވަނަ އަހަރު އޭނާ “އެސޯސިއޭޓެޑް ޕްރެސް” އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޕާސްޕޯޓް އަދި ޓްރާންސްޕޯޓް ވިސާ ލިބުނުނަމަ އެއާޕޯޓް ދޫކުރާނެ ކަމަށެވެ.

އެންމެ ފަހުން ރެފިއުޖީ ކަމުގެ ލިއުންތައް އޭނާ އާއި ހަވާލުކުރުމުން އޭނާ ވަނީ އެއީ “މިހާރު ހައިރާންވާ” ކަމެއް ކަމަށާއި އެއާޕޯޓް ދޫކޮށް ދިއުމަށް އުފެދިފައިވާ ބިރު ހިއްސާކޮށްފައެވެ.

ދެހާސްސޯޅަ ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ރެފިއުޖީކަމުގެ ލިއުމުގައި ސޮއިކުރަން ދެކޮޅު ހަދައި އެއާޕޯޓްގައި މަޑުކޮށްފައެވެ. ނަމަވެސް ސިއްހީ ހާލަތެއް މެދުވެރިވެގެން އޭނާ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރަން ޖެހިގެން އޭގައި ސޮއިކޮށްފައި ވެއެވެ

އެއާޕޯޓްގެ ޓިކެޓް އެޖެންޓެއް އަދި އޭނާގެ ރަހުމަތްތެރިއަކު ސިފަކުރިގޮތުގައި އޭނާއަކީ”އެތަނުން ބޭރުގައި ދިރިނޫޅޭވޭނެ އެތަނުގެ އަޅުވެތިވެފަވާ”މީހެކެވެ.

އޭނާގެ ވާހަކައަށް އިންސްޕަޔާވަގެން 2004 ވަނަ އަހަރު ހޮލީވުޑް އެކްޓަރު ޓޮމް ހެންކްސް ވަނީ “ދަ ޓާމިނަލް” ނަމަކަށް ކިޔާ ފިލްމެއް ވެސް ކުޅެފަ އެވެ. ކަރިމް ނައްސޭރީގެ ހަޔާތުގެ މައްޗަށް ހަމަ އެއަހަރު ފޮތެއް ވެސް ނެރެނެވެ.

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
48%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް