ads
ރިތިކް--
ބުލީގެ ޝިކާރައަކަށްވި ދަރިވަރެއްގެ ދިފާއުގައި ރިތިކް ތެދުވެއްޖެ
ބުލީކުރުމަކީ ސްކޫލު މާހައުލުގައި ކުރިމަތިވާ އާންމު ކަމަކަށް ވެއްޖެ އެވެ. ހާއްސަކޮށް އުފެދުމުގައި ހުންނަ އުނިކަމެއް ނުވަތަ ކްލާހުގައި މާބޮޑަށް މަޑުން އިންނަނަމަ އެކުއްޖަކަށް މިފަދަ ކަންކަން ކުރިމަތިވުން އިތުރެވެ. މިއީ ހަމައެކަނި އެއް ދަރިވަރަކު އަނެއް ދަރިވަރަކަށް ކުރިމަތިކުރާ ކަމެއް ނޫނެވެ. ޓީޗަރުންގެ ފަރާތުން ވެސް މިފަދަ ކަންކަން ދަރިވަރުންނަށް ކުރިމަތިވެ އެވެ.

އެގޮތުން އަނެއްކާ ވެސް ސޯޝަލް މީޑިއާގައި މިވަނީ މަރިޔަމް ގުލްފިގާރު ކިޔާ ކުއްޖަކު އޭނާގެ އާއިލާގެ މެމްބަރަކަށް ޓީޗަރަކު ބުލީކުރި ވާހަކަ ހިއްސާކޮށްފަ އެވެ. އެގޮތުން ވާހަކަ ދެއްކުމުގައި ހުރި ކަމެއް ސަބަބުން މުޅި ކުލާހުގެ ކުރިމަތީގައި އެކުއްޖާއަށް ބުލީކުރި ކަމަށް ބުންޏެވެ. 

މިއާއެކު ބޮލީވުޑުގެ ތަރި ރިތިކް ރޯޝަން މިވަނީ އެކުއްޖާގެ ދިފާއުގައި ތެދުވެފަ އެވެ. އެގޮތުން ވާހަކަ ދެއްކުމުގައި ހުރި ކަމަކީ އެކުއްޖާ ހާސިލުވާން ބޭނުންވާ މަންޒިލަށް ވާސިލު ނުވެވޭނެ ސަބަބެއް ނޫން ކަމަށާއި އެކުއްޖާގެ ކައިރީގައި އެއީ އޭނާގެ މައްސަލައެއް ނޫން ކަމަށް ބުނުމަށް ރިތިކް އެދުނެވެ. އަދި އިތުރަށް ބުނީ އެއީ ލަދު ގަންނަން ޖެހޭ ކަމެއް ވެސް ނޫން ކަމަށެވެ.

ރިތިކްއަކީ ވެސް ސްކޫލު ދައުރުގައި ވަރަށް ބޮޑަށް ބުލީގެ ޝިކާރައަކަވި ފަރާތެކެވެ. އޭނާ ވަނީ ކުރިން ދިން ބައެއް އިންޓަވިއުތަކުގައި ވެސް އޭނާ ކުރިން އުޅުނު ނިކަމެތި ހާލު ހިއްސާކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް