ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ މަހު 3 ވަނަ ދުވަހު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިން މައްސަލާގައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިިސްތިއުނާފު އިތުރު އަޑުއެހުމެއް އަންނަ މަހުގެ ތިންވަަނަ ދުވަހު ބޭއްވުމަށް ހައި ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ނިންމައިފިއެވެ.

މަނީ ލޯންޑަރިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް  އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައި ކޯޓްގައި ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ 75 ނުގުތާއެއް ހުށަހަޅުއްވާފައެވެ.

 ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ހުށަހެޅުއްވި 75 ނުގުތާއަށް، އަންނަ މަހުގެ ފަސްވަނަ ދުވަހު ޖަވާބުދާރީވުމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތަށް ވަނީ އަންގާފައެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދައަށް އެދިވަޑައިގެންފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށާއި، 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު) އިން  ރައީސް ޔާމީން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.

އެ ހުކުމް އިސްތިއުނާފް ކުރުމުން، މިއަދު އަޑުއެހުމެއް ބާއްވާފައިވާއިރު، ހައި ކޯޓުން ކުރިން ވަނީ އިސްތިއުނާފު ނިމެންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން މިނިވަން ކުރުމަށް އަމުރަކަށް އެދުމުން، އެކަން ކޮށްދެވެން ނެތް ކަމަށް ނިންމާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް