ads
ކަންގަނާ އާއި ރަންގޯލީ--
ކަންގަނާގެ ދައްތަ ރަންގޯލީ ކުއްޖަކު އެޑޮޕްޓު ކުރަނީ
މަޝްހޫރު ބަތަލާ ކަންގަނާ ރަނައުތުގެ ދައްތަ ރަންގޯލީ ކުއްޖަކު އެޑޮޕްޓު ކުރަން އުޅޭކަމަށް އޭނާ ބުނެފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރަންގޯލީ އެކަން އަންގާފައިވާއިރު ވަރަށް އަވަހަށް އަންހެން ކުއްޖަކު އެޑޮޕްޓު ކުރާނެ ކަމަށް ރަންގޯލީ ވަނީ ބުނެފައެވެ. އަދި ކަންގަނާ އެއެކުއްޖާއަށް "ގަންގާ" ގެ ނަން ދީފައިވާ ކަމަށް ވެސް ރަންގޯލީ ވަނީ ބުނެފައެވެ.

އުމުރުން 35 އަހަރުގެ ރަންގޯލީ އާއި އަޖޭގެ ކައިވެންޏަށް ފިރިހެން ދަރިއަކު ވެސް ލިބިފައި ވެއެވެ.

ރަންގޯލީއަކީ ވެސް އެސިޑް ހަމަލާގެ ޝިކާރައަކަށްވި ފަރާތެކެވެ. ހަގު އުމުރެއްގައި އޭނާގެ މޫނަށް އެސިޑް ޖެހީ ކައިވެންޏަށް އެހުމުން ނޫނެކޭ ބުނުމުންނެވެ. 

މޫނަށް އެސިޑް ޖެހުމުގެ ސަބަބުން އޭނާއަށް 54 ސާޖަރީއެއް ހަދަން ޖެހުނެވެ. އެގޮތުން އެއް ކަންފަތުގެ ކައިރިން ބޮޑު ބައެއް ވަނީ ވިރިފަ އެވެ. އިވުމަށާއި ފެނުމަށް ވެސް އޭގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރި އެވެ. މިއަދު ވެސް އެސިޑް ހަމަލާގެ ސަބަބުން އެތައް ވޭނެއް އޭނާ އަންނަނީ އުފުލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް