ads
ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު
މާލޭން 13 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެއްޗާ އެކު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފިއެވެ.

މިކަން ހާމަ ކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ. 

ކޮމިޝަނަރު ވިދާޅުވީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގަނެފައިވާ ކަމަށެވެ.

ފުލުހުންވަނީ މިދިޔަ ހަފްތާގެ  މަސްތުވާތަކެއްޗާ އެކު ޕާޓީކުރަމުން ދަނިކޮށް 12 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ފުލުހުންގެ އިސް މީހަކުވެސް ހިމެނެއެވެ. އެއީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަތުލައިގަންނަ މަސްތުވާތަކެތީގެ ސްޓޮކް ބަލަހައްޓާ ފުލުހެކެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެތި ރޭ އަތުލައިގެންފައިވާއިރު، ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުތެރޭ 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް