ads
ރޮޒޭނާ - ފޮޓޯ: މަޖިލީސް
ސައުވީސް ގަޑިއިރު ހަމައިގައި ހުންނަން ބޭނުންނުވާ ކަމަށް ރައީސް ސާލިހު ވިދާޅުނުވާނެ
އެމްޑީޕީގެ ވެރިކަމުގެ މައްސަލައެއް ނެތް ކަމަށާއި މައްސަލައަކީ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުއާ ރޮޒޭނާއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. 

ރައީސް ނަޝީދުގެ ފެކްޝަނުން މެދު ނުކެނޑި ރޮޒޭނާއާ ހަނގާ ކުރަމުންދާ ދަނޑިވަޅެއްގައި ރޮޒޭނާ ހުކުރު ދުވަހުގެ ރޭ ފުލުފުލުގައި ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް "ސަޅި" ހެޔޮވެރިކަމެއް ކުރައްވާތަން ރައްޔިތުންނަށް ފެނިއްޖެ ކަމަށެވެ.

ގާނޫނާ ހިލާފު ކަންތައްތަކެއް ރައީސް ސާލިހް ނުކުރައްވާ. ހުދުމުހުތާރު ކަން ދައްކަވައި، ތިމަންނާގެ ކަނާތުން ކުރާކަންތައް ވާތަށް ނޭނގޭނެ ކަމަށާއި އެންމެން 24 ގަޑިއިރު ހަމައިގައި ހުންނަން ބޭނުންނުވާ ކަމަށް ވިދާޅުވެ ބޭކާރު ވާހަކައެއް ނުދައްކަވާ. މީގެން އެނގެނީ މައްސަލައަކީ އެމްޑީޕީ ނޫންކަން. މައްސަލައަކީ ރައީސް ނަޝީދު

 ފުލުހުންނާއި ސިފައިންގެ ލޯބި ރައީސް ސާލިހަށް ލިބިވަޑައިގެންފައިވާ ކަމަށާއި މީގެން އެނގެނީ މައްސަލައަކީ އެމްޑީޕީ ނޫން ކަމަށާއި މައްސަލައަކީ ރައީސް ނަޝީދު ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

8%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް