ads
ސަލާމަތީ ބާރުތަކުން މަގުމަތީ ހަރަކާތްތެރިވަނީ
ބޮމެއް ގޮއްވާލަން އުޅުން: 5 މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
ގިނަ ބަޔަކު ސީދާ މަރާލުމުގެ ނިޔަތުގައި ބޮމެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ ޖަހާފައެވެ.

އޭގެތެރެއިން ފަސް މީހެއް ޝަރީއަތް ނިމެންދެން ބަންދުކުރިއިރު ހަތަރު މީހަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް އަދި ތިން މީހަކަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ. 

ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ:

  1. 20 އަހަރުގެ މީހެއް،
  2. 27 އަހަރުގެ މީހެއް، 
  3. 30 އަހަރުގެ މީހެއް، 
  4. 35 އަހަރުގެ މީހެއް،
  5. 37 އަހަރުގެ މީހެއް،

30 ދުވަހަށް ބަންދުކުރަން އަމުރުކުރީ:

  1. 19 އަހަރުގެ މީހެއް،
  2. 27 އަހަރުގެ ދެ މީހެއް،
  3. 28 އަހަރުގެ މީހެއް،

15 ދުވަހަށް ބަންދުކުރަން އަމުރުކުރީ:

  1. 18 އަހަރުގެ މީހެއް،
  2. 33 އަހަރުގެ މީހެއް، 
  3. 35 އަހަރުގެ މީހެއް، 
  4. 46 އަހަރުގެ މީހެއް 
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް