ads
ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
ފިޝަރީޒް މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައިފި!
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިސްތިއުފާ ދެއްވުމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލަށް ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިސަރުކާރު އައިފަހުން އޮތޯރިޓީތަކާއި ކުންފުނިތައް ހަދައިގެން ކުރިއަށްދާކަމަށެވެ. ބޯޑު ހެދުމަށްފަހު އެ ބޯޑަށް ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކުގެ މީހުންވެސް ލެވިދާނެ ކަމަށާއި، އެހެން ނަމަވެސް ނަތީޖާ އަކީ މުއައްސަސާތައް ފެއިލްވުން ކަމަށް ޝަހީމް ވިދާޅުވި އެވެ. 

"އިއްޒަތްތެރި ރައީސް. ސަރުކާރު ފެއިލް ވުމުގެ ކުރިން މި ސަރުކާރުން ވަރަށް ފުން ކޮށް އެބަ ވިސްނަން ޖެހޭ. މިއަދު ކުންފުނިތައް ހަދާ ކުންފުނިތަކަށް ލާފައިތިބި އެމްޑީންނާއި ޑީއެމްޑީން ކަންކުރަމުންދާ ގޮތް ވަރަށް ރަނގަޅަށް މި ސަރުކާރަށް އެބަ އެނގެންޖެހޭ. އަޅުގަނޑުމެން މަގުމައްޗަށް ނިކުތީމާ ރައްޔިތުން އަޅުގަނޑުމެން ގާތު އެބަބުނޭ ކަންކަން ކުރަމުންދާ ގޮތް."

މަޖިލީހުން ފާސްކުރި މަސްވެރިންގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ކަންކުރާނެ އުސޫލާއި ގޮތް އެކަށައެޅުމަށް އެބިލުގައި ލިޔުނު ކަމަށާއި، އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް އެކަންކޮށްފައި ނުވާކަމަށެވެ. 

"އެހެންނަމަވެސް، މިއަދު ކޮބައިތޯ މަސްވެރިންގެ ހާލަތު؟ މިނިސްޓްރީ އޮތީ ކިހާހިސާބެއްގަތޯ؟ ކޮބައިތޯ މިނިސްޓަރު؟ ކީއްތޯ ކުރެއްވީ؟ އަޅުގަނޑުމެން ދިވެހި މަސްވެރިންގެ މިއަދުގެ ހާލަތު ކިހާވަރަކަށްތޯ ދަންނަނީ؟"

ޝަހީމް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ ފެއިލް ވެއްޖެ ކަމަށާއި، މިނިސްޓަރު ޒަހާ އިސްތިއުފާ ދެއްވަން ޖެހޭކަމަށެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް