ads
މިޝަން އިމްޕޮސިބަލް 7
މިޝަން އިމްޕޮސިބަލް 7 ގެ ޕްރޮޑަކްޝަން އަށް މެދުކެނޑުމެއް
އިޓަލީގެ ވެނިސް ގައި ކުރިއަށް ގެންދަމުން ދިޔަ މިޝަން އިމްޕޮސިބަލް ފްރެންޗައިޒް ގެ ހަތް ވަނަ ބައި، ކޮރޯނާ ވައިރަސް ގެ ސަބަބުން މެދުކަނޑާލައިފި އެވެ.

މި ހޯމަ ދުވަހު ޕެރަމައުންޓް ޕިކްޗާސް ސްޓޫޑިއޯ އިން ބުނެވުނު ގޮތުގައި، ފިލްމުގެ ޝޫޓިން މެދުކަނޑާލުމަށް ފަހު، ފިލްމުގެ ކާސްޓް އަދި ކްރޫ އިޓަލީ އިން ވަނީ ފުރާފައެވެ. މި ތިން ހަފްތާގެ ޝޫޓް މެދު ކަނޑާލަން ޖެހުނީ، ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު އޭޝިއާގެ އިތުރުން މެދުއިރުމަތި އަދި ޔޫރަޕުގައި އިތުރުވާން ފެށުމުންނެވެ.      

ކޮރޯނާ ވައިރަސްގެ ބިރުވެރިކަމަށް ހަމަޖެހުމެއް އަންނަން ދެން، ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދަން ކަނޑައެޅީ، ފިލްމުގެ ކްރޫ އަދި ކާސްޓްގެ ސިއްހަތަށް ވިސްނާފައި ކަމަށް ސްޓޫޑިއޯ އިން ބުނެފާ ވެއެވެ.  

ކޮވިޑް-19 ގައި ހަމަ އެކަނި އިޓަލީން ވަނީ ހަތަރު މީހުން މަރުވެފަ އެވެ. އަދި މީގެ އިތުރުން އިޓަލީގައި 150 މީހުން ވަނީ ވައިރަހަށް ޕޮސިޓިވް ވެފައެވެ. 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް