ads
ޝާހިދު އަދި ރައީސް ސާލިހް
އދ. ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖޭން ވާދަކުރަނީ
އ.ދ.ގެ މައި ދެ ގުނަވަން ކަމުގައިވާ އ.ދ.ގެ ސަލާމަތީ މަޖިލީހާއި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރު ގައުމަކަށްވުމަށް ދިވެހިރާއްޖެއިން ކުރިމަތިލާން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އ.ދ.ގެ ސަލާމަތީ މަޖިލީހަށް ރާއްޖޭން ކުރިމަތިލާން ނިންމާފައިވަނީ 2033-2034 ގެ ދައުރަށް ކަމަށެވެ. އަދި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްއަށް ކުރިމަތިލާން ނިންމާފައިވަނީ 2027-2028 ދައުރަށެވެ. މި އިންތިހާބުތައް ދިވެހިރާއްޖެ ކާމިޔާބު ކޮށްފިނަމަ، އެކަން ވާނީ މި ދެ ގުނަވަނަށްވެސް ދިވެހިރާއްޖެއިން އިންތިހާބުވާ ފުރަތަމަ ފަހަރަށެވެ.

ދިވެހިރާއްޖެއާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ހަމައެހެންމެ، ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ރީތި ނަން ހޯދުމަކީވެސް ސަރުކާރުގެ ވައުދެކެވެ.

މި އިންތިހާބުތަކުގައި ވާދަކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ މި ވައުދުތަކަށް ބިނާކޮށް، ގައުމަށް އަލިގަދަ މުސްތަގްބަލެއް ހޯދުމުގެ މަގްސަދުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމެވެ. އަދި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް