ads
ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުސަތު 10 ފަރާތަކަށް
މަސައްކަތުގެ މައިދާނަށް އަލަށް ނުކުންނަށް ޒުވާނުންނަށް ހާއްސަކޮށްގެން ސްޓެލްކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގަރާމްގެ ފުރުސަތު 10 ފަރާތަކަށް ދީފިއެވެ.

ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމު ހާއްސަ ކޮށްފައިވަނީ ދެ ދާއިރާއަކަށެވެ. އެއީ ވިޔަފާރި އާއި އިންޖިނިއަރިންގެ ދާއިރެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ނުވަތަ އިންޖިނިއަރިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޑިޕްލޮމާއެއް ނެތްނަމަ  އޭ ލެވެލްގެ ތިން މާއްދާއިން ދަށްވެގެން ސީ ފާސް އަދި އޯ ލެވެލްގެ އިނގިރޭސި މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހަކަށް ވާން ޖެހޭނެ އެވެ. 

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުސަތުވަނީ މިހާރު ހުޅުވާލާފައެވެ. ބައިވެރިވުމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރިހަކީ މާޗް މަހުގެ ފަސް ވަަނަ ދުވަހެވެ.  

ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު ދެ ދާއިރާއަކުން ތަމްރީންވުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ސްޓެލްކޯއާއި އެކު މަސައްކަތްކުރާ ފަސް މަސް ދުވަހު، ހާއްސަ އެލަވަންސްއެއް ސްޓެލްކޯއިން ލިބޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އަދި ޕްރޮގްރާމްގައި ރަނގަޅު ނަތީޖާ ނެރޭ ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް ވެސް އެކުންފުނިން މައުލޫމާތުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް