ads
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ނައިބު ރައީސް އީވާ އަބްދުﷲ
މާލެ މިވަނީ ބާކީ ކޮށްފައި: އީވާ
އަދުގެ ސަރުކާރުން މާލެ ވަނީ ވަަރަށް ބޮޑަށް ބާކީ ކޮށްފަކަަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވުދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، މާލޭއަށްވީ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ވައުދުކަމަށެވެ. ނަމަވެސް ސަރުކާރުގެ ހަތަރު އަހަރު ފާއިތުވީ އިރުވެސް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެވުމުން އެނގެނީ އެ ވައުދަކީ ލިސްޓުގެ ވަރަށް ފަހަތުގައިވާ ވައުދެއްކަން ކަމަށެވެ. 

"މާލޭ ރައްޔިތަކަށް މި ސަރުކާރުން ފަށައިގެން ފޯރުކޮށްދިން ބޯހިޔާވަހިމެއް ނެތް. ހަތަރުހަރުވީމަ ނުކުރީމާ އެ ބުނެވެނީ މާލޭގެ އެންމެ ބޮޑު އަސާސީ ވައުދު އެވަނީ ލިސްޓުގެ ވަރަށް ތިރީގައޭ. މިވަރަށް މާލެ ބާކީކޮށްފަ އެބުނަނީ މާލެއާ ނުލައޭ ވެރިކަން ކުރަން މިއުޅެނީ،" އީވާ ވިދާޅުވިއެވެ. 

އީވާ ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާކަމަށް ބުނާނަަމަ މާލޭގެ ބޯހިޔާވަހިކަން ވެސް ބަޖެޓުގައި ހިމަނަންޖެހޭނެކަމަށެވެ. 

"ސަރުކާރުން މިވަރަށް މާލެއަށް ނޯޖަހާފާ. ދެން ރައީސުލްޖުމްހޫރިއްޔާ ނުކުމެވަޑައިގެން ތިމަންނާއަށް ދެވަނަ ދައުރެއް ދޭން ވިދާޅުވީމާ އިއްޒަތްތެރިރައީސް އެއީ އަޅުގަނޑަށް ޗޮއިސެއް ނޫން،" އީވާ ވިދާޅުވިއެވެ. 

މީގެ އިތުރުން ވެސް އީވާ ވަނީ ސަރުކާރުގެ ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ވަނާތީވެ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް