ބީއެމްއެލް
ޗެކް ޑިޕޮސިޓް ކުރުމަށް ބަދަލުތަކެއް އަންނަނީ
Share
އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސްޓްރެޓަޖީގެ ދަށުން 1 އޭޕްރިލް 2023 އިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަންޖެހޭ ޗެކުގެ އެންމެ މަތީ އަދަދު މިވަނީ ކަނޑައެޅިފައެވެ.
Advertisement

މިގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހަމައެކަނި ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރު އާ ހަމަޔަށް ދޫކޮށްފައިވާ ޗެކްތަކެވެ. މިއަދަދަށްވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށެވެ. މި ގޮތަށް އެންމެ މަތި އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެއެވެ.

ބީއެމްއެލުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބޭންކިން ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރެއްވުމެވެ. ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަ ކުރުވޭނެއެވެ.

އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތް ލިބޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް