ads
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އޯނަރު، އަޒީރާ ސޯދިގެވެ.
ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް އެޗްޑީސީން ކުރިއަށް ގެންދަނީ
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއިއެކު އެޗްޑީސީން އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ، އެ އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ހުޅުމާލެގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ. 

އެގޮތުން، މި އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސްއިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ޕްރޮގްރާމާއިބެހޭ މައުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ފޯރުކޮށްދޭނެ އެވެ. 

”ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، އާންމުން މިކަމަށް ހޭލުންތެރިކުރުވުމަށް މި ކޯޕަރޭޝަންގެ ފަރާތުން އަބަދުވެސް ދަނީ މަސައްކަތްކުރަމުން. މިގޮތުން، މިއަދު މިވެވުނު އެއްބަސްވުމަކީ ދޮށީ އުމުރުގެ ބޭފުޅުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ ކަމެއްކަމަށް މި ކޯޕަރޭޝަނުން ގަބޫލުކުރަން،“ އެޗްޑީސީން ބުންޏެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އޯނަރު، އަޒީރާ ސޯދިގެވެ. 

your imageކަސްރަތު ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށްޓަކައި އެޗްޑީސީގެ ފަރާތުން ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް މީގެކުރިންވެސް ހިންގާފައި ވެއެވެ. ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން މިދިޔަ އޮގަސްޓް މަހު އެޗްޑީސީގެ ފަރާތުން ވަނީ ދޮށީއުމުރާއި ސިއްހަތުގެ ނަމުގައި ހާއްސަ މަންސައެއް ވެސް ބާއްވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް