މާލޭގެ މަންޒަރެއް
މާލޭ މީހުންނަށް ގޯތި ދޭ މައްސަލައިގެ ޝަރީއަތް ފަށަނީ
Share
މި ސަރުކާރުން އިއުލާންކޮށްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ އުސޫލު ބާތިލުކޮށްދިނުން އެދި ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފިއެވެ.
Advertisement

އަމިއްލަ ބަޔަކު ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލަ ހައިކޯޓުގައި ފަށާނީ މިއަދު މެންދުރު ފަހުއެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

ދައުވާ ކުރާ ފަރާތުން ކޯޓުގައި އެދެނީ ބިންވެރިޔާ ސްކީމަކީ ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ކަނޑައަޅައި އެ އުސޫލު ބާތިލުކޮށްދިނުމަށެވެ. އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗަށް ކުރިމަތިލައި މީހުންގެ ތެރެއިން މާލޭގެ ރައްޔިތެއް ކަމުގައި ބަލާ މިންގަނޑާ ހެދިއެވެ. 

ހައިކޯޓަށް މި މައްސަލަ މިހާރު ހުށަހަޅައި ތާވަލުކޮށްފައިވާއިރު، އެންމެ ފުރަތަމަ މި މައްސަލަ ހުށަހެޅީ މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ.

މާލޭ ރައްޔިތުންނަށް ހާއްސަކޮށް، ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. ބިންވެރިޔާ ސްކީމްގެ އުސޫލު ކުރިން އޮތްގޮތުން މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް