ރުފިޔާގެ ނިޝާން ޖެހި ނޫޓް
ރުފިޔާގެ ނިޝާން ހިމެނޭ އާޓޫތައް އަންނަމަހު ނެރެނީ
Share
ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ އާ ނޫޓުތައް އަންނަމަހު ބާޒާރަށް ނެރޭނެ ކަމުގައި އެމްއެމްއޭ އިން މައުލޫމާތު ދީފައެވެ.
Advertisement

ރުފިޔާގެ ނިޝާން އެންމެ ފުރަތަމަ ހިމަނާފައިވަނީ އަލަށް ޗާޕުކުރި 50 ރުފިޔާގެ ނޫޓުގައެވެ. އާ ނިޝާނާއެކު ރުފިޔާގެ ނޫޓު ނެރުނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. 

އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. މިގޮތުން ނޫޓުގެ ވައަތް ފަރާތުން މޫނުމަތީ އަގާއެކު އާއި ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު މިކަން އާންމުކުރުމަށް ނެރެފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، މި ނޫޓުގައި ސޮއި ކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލްފާޟިލް ޢަލީ ހާޝިމް ކަމުގައެވެ. އަދި ނޫޓުގެ ތާރީހެއް ކަމުގައި ބަޔާންކޮށްފައިވަނީ 08 ސެޕްޓެންބަރު 2022، 12 ސަފަރު 1444 ކަމުގައެވެ.

މި ނޫޓު ބާޒާރަށް ނެރުމަށް ނިންމާފައިވަނީ އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. 50 ރުފިޔާގެ އާ ނޫޓާއި އެކު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމުގައިވެސް އެ އޮތޯރިޓީން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް