ads
ވޮލީ ޓީމުގެ ބައެއް ކުޅުންތެރިން ދަރިންނާއެކު
ގައުމީ ޓީމާއެކު ކުޅުންތެރިންގެ ތުއްތު ދަރިންނަށް ދެވޭނެ
ބައިނަލްއަގުވާމީ މުބާރާތްތަކާއި ޓްރެއިނިން ކޭމްޕްތަކަށް ގައުމީ ޓީމު ދަތުރުކުރާއިރު ކުޅުންތެރިންގެ ދަރިންނަށް ޓީމާއެކު ދަތުރުކުރެވޭނެ ގޮތް ޔޫތު މިނިސްޓްރީން ހަދައިފިއެވެ.

ގައުމީ ޓީމާއެކު ކުޅުންތެރިންގެ ދަރިންނަށް ދަތުރު ކުރެވޭނެ ގޮތް ހެދިކަން ހާމަ ކުރައްވާ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުންތެރިން ވިހެއުމަށް ފަހު ކުޅުން ހުއްޓާލުމާއި އަދި ކުޅުމާއި ދުރަށް ދާން ދެން ނުޖެހޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޓީމާއެކު، ކުޅުންތެރިންގެ އަހަރު ނުވާ ދަރިންނާ ބެލެނިވެރިއަކަށް ރާއްޖޭން ބޭރަށް ދެވޭނެ އިންތިޒާމް ހަމަ ޖައްސާފައިވާ ކަމަށެވެ.

ކުޅުންތެރިންގެ ދަރިންނަށް ޓީމާއެކު ދެވޭ ގޮތަށް ހަމަ ޖެއްސުމާއެކު އެންމެ ފުރަތަމަ ފުރައިގެން ދިޔައީ ވޮލީ ޓީމުގެ ކުޅުންތެރިންނެވެ. މިހާރު ސައުދީ އަރަބިއްޔާގައި ތިބި ވޮލީ ޓީމާއެކު ޓީމުގެ ހަތަރު ކުޅުންތެރިއެއްގެ އަހަރު ނުވާ ހަތަރު ދަރިއަކު ދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް