ads
ޑޭޓް
ކައިވެނިކުރިއަސް ޑޭޓް ކުރެވިދާނެކަން އެނގޭތަ؟
ލޯބީގެ ގުޅުމުއްގެ ފެށުމުގައި ހުރިހާ ކަމެއް ވެސް ތާޒާ އެވެ. އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމާއި ރޮމޭންޓިކް ރެސްޓޯރެންޓްތަކަށް ގޮސް ހަދައެވެ.

ރައްޓެހިވެގެން ހޭދަކުރާ ވަގުތައްފަހު ކައިވެނިކޮށް ގެއަށް ބަދަލުވެ ދުވަސްވާވަރަކަށް ކައިވެނީގެ ގުޅުން "ފޫހިވެ" ދެ ފަރާތުގެ ޝަކުވާތައް އިތުރުވެ ޝަކުވާ ޒުވާބަށް ބަދަލުވެ ބައެއް ފަހަރު ވަރިއާއި ހަމައަށް ވެސް ދެއެވެ.

ކައިވެންޏަށްފަހު އެކުގައި ދިރިއުޅެން ފަށާއިރު, އެކަކު އަނެކަކާ ދިމާވާ މިންވަރު މަދުވުން އަދި މާގިނައިން ދިމާވުމަކީ ވެސް މައްސަލަތަކަކާ ދިމާވެދާނެ ކަމެކެވެ. މިސާލަކަށް ގޭގައި މަސައްކަތްކުރާނަމަ ދެމަފިރިން ދިމާވާ މިންވަރު އާދަޔާ ހިލާފަށް އިތުރުވާނެއެވެ. އަދި ބިޒީކޮށް ބޭރުގައި މަސައަތްކުރާ ނަމަ އެއްގޮތަކަށް ވެސް ދިމާނުވުމަކީ ވެސް އެކަށީގެންވާކަމެކެވެ.

މިފަދަ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރަން އޮތް އެންމެ ރަނގަޅު ހައްލަކީ ކައިވެންޏަށްފަހު ވެސް އެކަކުއެނެކަކާ ޑޭޓްކުރުން ހުއްޓާނުލުން ކަމަށް ކަމާގުޅޭ މާހިރުން ބުނެއެވެ.

ކައިވެންޏަށް ފަހު ވެސް ރައްޓެހިވެގެން އުޅޭއިރު އުޅޭގޮތައް ކޮންމެވެސް މިންވަރަކަށް އުޅެން ވާނެއެވެ.

"ގުޅުމެއް ކުރިއަށް ދާން ވަޔާ އަލިފާން ވެސް ބޭނުންވާނެ. އެއީ އެކުގައި އުޅޭއިރު ދަމަހައްޓަން އުނދަގޫ ކަމަކަށް ވެދާނެ،" ސައިކޯސެކްޝަނަލް އަދި ރިލޭޝަންޝިޕް ތެރަޕިސްޓް އައޮއިފޭ ޑްރޫރީ ބުންޏެވެ. “އެކީގައި އަދި ވަކިން ވަގުތު އާލާކުރުމާ ޝައުގުވެރިކަން ފާޅުކުރުމަކީ ލޯބީގެ ހުޅުކޮޅު ވަރުގަދަކޮށް ދެމިއޮތުމަށް ވަރަށް މުހިންމު ކަމެއް.” އޭނާ އިތުރަށް ބުންޏެވެ.

ދުރާލައި ޑޭޓް ކުރާނެ ރޭތައް ރޭވުން:

މާހިރުން އެއްބަސްވާ ގޮތުގައި މިކަން ކުރުމަށް އެންމެ ރަނގަޅު އެއް ގޮތަކީ ޑޭޓަށް ދާނެ ރޭތައް ސެޓްކޮށް، ޑައިރީތަކުގައި ޝެޑިއުލް ކުރުމެވެ. 

“މިކަމުގެ ސަބަބުން ދިރިއުޅުމުގެ ބުރަ ކަންތައްތައް ކުރާއިރުވެސް އެކަކު އަނެކަކަށް ހާއްސަ ވަގުތު ހުރިކަން ކަށަވަރުވެގެންދޭ," ޑްރޫޑީ ބުންޏެވެ.

މީގެ އިތުރުން ސައިކޯސެކްޝަނަލް ތެރަޕިސްޓް އަދި ކަޕްލްސް ކައުންސެލަރު ކޭޓް މެކެންޒީ ފާހަގަކުރާ ގޮތުގައި ޑޭޓަށް ކުރިން ޕްލޭން ކުރުމަކީ ވެސް އެކަމަށް ފޯރި އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މީހަކު ކަމެއް ކުރަން ވަގުތު ކިއުމުން ސިކުނޑީގައި އެކަމަކާ ގުޅޭ ހިޔާލާއި ތަސައްވަރުވެސް ދުރާލާ އުފެދޭނެއެވެ.

your imageޑޭޓް

މިގޮތައް ޕްލޭން ކުރުމުން ދެމަރިންގެ މެދުގައި މުއާސަލާތުކުރުން ވެސް ރަނގަޅުވެއެވެ. އަދި ކޭޓް ބުނާގޮތުން ޕްރީ ޑޭޓް ޓެކްސްޓް (ނުވަތަ ސެކްސްޓިން) އަށް ވެސް ހިތްވަރު ލިބޭ ކަމެކެވެ. މިއީ އެކަކު އަނެކަކަށް ކުރާ އިންތިޒާރު އިތުރުކޮށް، ފްލާރޓިން ވެސް އަލުން ރޯކޮށްލާ ކަމެކެވެ.

ޑޭޓުތަކުގައި ހޭދަކުރާ ވަގުތުތަކުގައި ގޭތެރޭގެ އާދައިގެ މަސައްކަތްތަކާއި ނުވަތަ އުނދަގޫވާ ކަންތައްތަކުގެ ވާހަކަ ނުދައްކާށެވެ.

"އެކަކު އަނެކަކާ މެދު ޝައުގުވެރިކަމުގެ އިހުސާސް އުފެއްދުމާއި، ސުވާލު އުފެދޭ ގޮތަށް ގުޅޭނެ ގޮތްތައް ހޯދައި، މިވަގުތު ހިނގަމުންދާ ކަންކަމަށް ހިތްވަރު ދިނުން، މުހިންމު" ކޭޓް ބުންޏެވެ.

“ފޯނުތައް ބާއްވާފައި އެކަކު އަނެކަކާ އެކު އެވަގުތުކޮޅުގެ ހޭދަކޮށްލަން" ކޭޓް ލަފާދެއެވެ.

ގޭގައި ވެސް ޑޭޓް ކުރެވިދާނެ:

ރައްޓެހިވުމަށް ވަކި ތާރީހަކާއި ގަޑިއެއް ކަނޑައެޅުމަކީ ރަނގަޅު ކަމެއް ނަމަވެސް، ރައްޓެހިވެގެން އުޅޭއިރު ވެސް އަބަދު ދެމީހުން އުޅެނީ ބޭރަކު ނޫނެވެ. މިހެން ކަމުން ކައިވެނިކޮށްގެން ވެސް ދެމީހުންނަށް ގޭގައި ވެސް ޑޭޓް ތަކެއް ކުރެވިދާނެއެވެ.

ލަންޑަނުގެ އުމުރުން 30 އަހަރުގެ ވެރޮނިކާ ބުނާ ގޮތުގައި އޭނާ އާއި އޭނާގެ ލޯބިވެރިޔާ އުމުރުން 33 އަހަރުގެ އޭޑަމް ގިނައިން ފިލްމު ނައިޓްތައް ގޭގައި އިންތިޒާމް ކުރަނީ، ދެމީހުން ވެސް މަސައްކަތަށް ގިނައިން ދުރުގައި ތިބެން ޖެހޭތީއެވެ.

"އަހަރެމެންނަށް ގިނަ ފަހަރަށް މަސައްކަތް ކުރާނީ ކުރެވެން އޮތް ނަމަ މަހަކު އެއްފަހަރު ޑޭޓް ނައިޓެއް ބާއްވަން، އަދި އަހަރެމެންގެ ތެރެއިން އެކަކު ދުރަށް ދިއުމުގެ ކުރިން އެކުގައި ރީތި ކަމެއް ކުރުމަށް ހޭލުންތެރިކަމާއެކު މަސައްކަތް ކުރާނަން،" ވެރޮނިކާ ބުންޏެވެ.

your imageޑޭޓް

ގޭގައި ޑޭޓްކުރުމަކީ ކޮންމެހެން ފޫހިވާންޖެހޭ ކަމެއް ނޫނެނެވެ.

"ކްރިއޭޓިވް ވުމަކީ ލޯބީގެ ގުޅުންތަކުގައި އައުކަން ދެމެހެއްޓުމަށް މުހިންމުކަމެއް," ޑްރޫރީ ބުންޏެވެ. “މިއީ ލޮކްޑައުންގެ މައްސަލައިގައި އެމްޕްލިފައިޑް ކޮށްފައި އޮތް ކަމެއް ނަމަވެސް ފައިސާ ދަތި ވަގުތުތަކުގައި ނުވަތަ މޫސުން ގޯސް ވަގުތުތަކުގައި ވެސް ގޭގައި ޑޭޓް ކުރެވިދާނެ. ބައެއް ފަހަރު ފޮށިން ބޭރުން ވިސްނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.” އޭނާ ބުންޏެވެ.

މިގޮތުން ގޭގައި ތީމް ފުޑް ނައިޓެއް އިންތިޒާމް ކުރުން ނުވަތަ ރާޒުވާ ފަދަ ބޯޑް ގޭމް ނައިޓެއް ވެސް އިންތިޒާމް ކުރެވިދާނެއެވެ. އަދި ދެމަފިރިން މެދުގައި ޖިންސީ އެދުމަށް މަގުފަހިވާކަހަލަ ގޭމެއް ވެސް ކުޅެވިދާނެއެވެ.

"ކަންކަން ރަހަ ރަނގަޅުކުރަން ބޭނުން ނަމަ ތަންކޮޅެއް ތަފާތު ކަންކަމަށް ގެންނަން ޖެހޭ،" ކޭޓް ބުންޏެވެ. އޭނާ އިތުރަށް ބުނީ “ތިމާގެ ޖާގައަށް ބަލާއިރު، މިއީ ޖިންސީ ގުޅުން ހަނދާންކޮށްދޭ ސަރަހައްދުތަކެއް އުފެއްދުމުން ކަމަށް ވެދާނެ – ފަހަރެއްގައި މަސާޖު މޭޒެއް، ނުވަތަ ބައިވެރިޔާ ހިފެހެއްޓޭނެ ގޮތަށް އެނދުގައި އަތް ޖައްސާލައިގެން. ކުޑަ ޑޮމެއިންއެއްގައި ވެސް ގޭގައި ސެކްސީ ވާން ތަނެއް ވަކިކޮށްލެވޭނެ ގޮތްތައް އުފެއްދިދާނެ" ކަމަށެވެ.

ކޭޓް ބުނަނީ ދެމަފިރިން ހަފްތާއަކު އެއްފަހަރު ނުވަތަ ކޮންމެ ދެ ހަފްތާއަކުން ޑޭޓް ނައިޓްސް އިންތިޒާމްކޮށްގެން އެކަކު އަނެކަކު އުފާކޮށްދިނުން މުހިންމުކަމަށެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް