ads
ވިނަރެސް ފްލެޓްތައް——ފޮޓޯ: ސޯޝަލް މީޑިއާ
ވިނަރެސް ފްލެޓު ގަތުމަށް 1413 މީހުން ހުށަހެޅި، ގިނަ މީހުން މާލޭ މީހެއްގެ ޝަރުތު ހަމަނުވޭ
ވިނަރެސް ފްލެޓުގަތުމަށް ހުށަހެޅި 1400 އަށްވުރެ ގިނަ މީހުންގެ ތެރެއިން، 600 އަށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަނުވާކަމަށް ވިނަރެސް ފްލެޓުތަކުގެ ވަގުތީ ލިސްޓުން ދައްކައިފި އެވެ.

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް އޮތް ޝަރުތަކީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވުމާއި، މާލޭގައި ދިރިއުޅޭތާ 15 އަަހަރުވެފައިވާ ވުމެވެ.

މިއަދު އެޗްޑީސީން އާންމުކޮށްފައިވާ ވަގުތީ ލިސްޓުގައި ވާގޮތުން މި ފްލެޓް ގަތުމަށް ޖުމްލަ 1413 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން 723 މީހަކު ޝަރުތު ހަމަވާއިރު، 691 މީހަކު ޝަރުތު ހަމައެއް ނުވެ އެވެ. އެއީ:

މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން:

  • ޖުމްލަ 1118 މީހުން ފޯމު ހުށަހެޅި
  • ޝަރުތު ހަމަވަނީ  475
  • ޝަރުތު ހަމަނުވަނީ 643

މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން: 

  • ޖުމްލަ 295 މީހުން ފޯމު ހުށަހެޅި
  • ޝަރުތު ހަމަވަނީ 248 މީހުން
  • ޝަރުތު ހަމަ ނުވަނީ 48 މީހުން 

ބިންވެރިޔާ ސްކީމްގެ އުސޫލު ކުރިން އޮތްގޮތުން މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.

އެ އުސޫލުގައި މާލޭ ރައްޔިތެއްކަމަށް ކަނޑައަޅައި ގޮތާއިމެދު ހުރި ހިތްހަމަނުޖެހުންތަކާއިއެކު ސަރުކާރުން ވަނީ އުސޫލަށް ބަދަލުތަކެއް ގެނެސް އެހެން ތަނެއްގައި ކުރިން ރަޖިސްޓްރީވެފައި އޮތަސް، އެ މީހެއްގެ މައިންބަފައިންނަކީ މާލޭ މީހެއް ކަމަށްވާ ނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށް ކަނޑައަޅާފައެވެ.

މާލޭ ރައްޔިތަކަށްވާ މިންގަނޑާއިމެދު އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިދިޔަ އޮގަސްޓު މަސްތެރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާނަމަ އެހެން ރަށްރަށުގެ މީހުންނަށް ސަރުކާރުން އަޅާ ފްލެޓުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. 

މާލޭ މީހުންގެ ގޮތުގައި ރަށްރަށުން މާލެ ހިޖުރަކޮށްގެން ދަފްތަރުގައި ޖެހޭ ފަރާތްތައް ނުބަލާނެ ކަމަށާއި، ނަމަވެސް އެ ފަރާތްތައް މާލޭގައި ދިރިއުޅެމުން ލިބިފައިވާ ދަރިން ބަލާނީ މާލޭ މީހުންގެ ގޮތުގައި ކަމަށް އެދުވަހު މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އަދި އެހެން ތަނެއްގައި ރަޖިސްޓްރީ ވެވެން ނެތިގެން މާލޭ ދަފްތަރުގައި ޖެހިފައި ތިބި ނަމަ ވެސް އެއީ މާލޭ މީހުންގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވި އެވެ.

ވިނަރެސް މަޝްރޫއުގައި 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1،344 ފްލެޓެވެ. މި ފްލެޓްތަގައި ހިމެނެނީ 902 އަކަފޫޓާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް