ads
މާރާމާރީގައި މަރުވި ޒަޔާން
ޒަޔާންގެ މަރު: 7 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި
އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފި އެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެމުން ބުނީ، މި މައްސަލަ އާއި ގުޅިގެން ދެ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައި ވާކަމަށާއި، ފަސް މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި މި މީހުންގެ މައްޗަށް ދައުވާކޮށް އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވާކަމަށާއި، އެ ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ އަށް ދައުވާ އުފުލާފައި ވާއިރު، ދެން ހިމެނޭ މީހާގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ ހަތަރު ދައުވާ އުފުލާފައި ވާކަމަށްވެސް ވަނީ ބުނެފަ އެވެ. 

މި މައްސަލައިގެ މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި، މި ދައުވާތައް އެ މީހުންގެ މައްޗަށް އުފުލީ، މި ހުރިހާ ދައުވާތަކެއްވެސް ސާބިތުކުރެވޭ ވަރުގެ ހެއްކާއި އެކު ކަމަށާއި، މި ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 24 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ޕީޖީގެ ބްލޮގްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. 

މި މައްސަލަތަކުގައި ދައުވާ ކޮށްފައިވާ ހަތް މީހުންނަކީ:

  1. އަހުމަދު ޝުއާއު، ސ. ފޭދޫ، ދިރިމާގެ
  2. އަބްދުﷲ ނިޒާރު، ސ. ފޭދޫ، ކާމަރަނގަގެ
  3. އަބްދުﷲ ޝިޔާއު ރަޝީދު، ސ. ފޭދޫ، ދިރިމާގެ
  4. އަހުމަދު އަބްދުﷲ، ސ. ފޭދޫ، ކަރަންފޫގެ
  5. ޔައީޝް އަންވަރު، ސ. ހިތަދޫ، ކަދުރުމާގެ
  6. އައިލިޝް އަލީ، ސ. ފޭދޫ، ފުފޫމާގެ  
  7. އަހުމަދު ނަބީލް، ސ. ފޭދޫ ސަންޝައިން

މިމައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ހަތަރު ކުދިންގެ މައްޗަށް ދައުވާކުރަން ޖުވެނައިލް ކޯޓަށް ވެސް ޕީޖީ އިން ވަނީ މީގެ ކުރިން ހުށަހަޅާފަ އެވެ.

މީގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް ކޮށްފައިވަނީ، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ދެންތިބި ތިން ކުދިންގެ މައްޗަށް ކޮށްފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. 

ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާކުރި ތިން ކުދިންގެ ތެރެއިން ދެ ކުއްޖަކު ކުށަށް ވަނީ އިއުތިރާފުވެފަ އެވެ. އެހެންވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އިއުތިރާފު އެއްބަސްވުން ހެދިފައިވާކަމަށް ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް