ads
މައީޝާ ލަވަކިޔަނިކޮށް މީހަކު ހުރަސް އެޅި ވީޑިއޯގެ ސްކްރީންޝޮޓެއް---
ރާޅު މަރިޔަނބު ލަވަ ކިޔަނިކޮށް މީހަކު އެކަމަށް ހުރަސް އަޅައިފި
މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނަކުން ގިނަ ބައެއްގެ ލޯބި ހޯދި މަރިޔަމް މައީޝާ (ރާޅު މަރިޔަބު) ލަވައެއް ކިޔަނިކޮށް މީހަކު ހުރަސްއަޅައިފި އެވެ.

ޓިވިޓާ މެދުވެރިކޮށް މައިޝާ ހިއްސާކޮށްފައިވާ ވީޑިއޯ އިން ފެނިގެންދަނީ އޭނާ ލަވަކިޔަން އިންދާ މީހަކު އައިސް މައިކް އަނބުރާލާ މަންޒަރެވެ. އަދި އެވަގުތު މައީޝާގެ މޫނުމަތިން ސިހުން ލިބިގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

މައީޝަ ބުނިގޮތުގައި އެހާދިސާ ދިމާވެފައިވަނީ ރޭ އޭނާ ކޮފީ ސްޓޭޓް އެމްވީ ކެފޭގައި ލަވަކިޔަން އިންދާއެވެ. އަދި އޭނާ މި މަސައްކަތް ކުރަނީ އާއިލާ ބެލުމަށް ކަމަށާއި އެފަދަ ކަންކަމުން އޭނާ ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ވެސް މައީޝާ ވަނީ ބުނެފައެވެ.

މައިޝާ ވަނީ އެ ކެފޭގައި ތިބި މީހުން އެކަމާ ދެކޮޅަށް ތެދުވެ ސަޕޯޓްދީފައިވާ ކަން ވެސް ޓުވީޓުގައި ފާހަގަކޮށްފައެވެ. އަދި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް އޭނާ ވަނީ ޝުކުރު ކޮށްފައެވެ.

24%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް