ads
ބަޖެޓަށް ވޯޓް ނުދެއްވާ އެމްޑީޕީގެ މެންބަރުން
ބަޖެޓަށް ވޯޓު ނުދެއްވަނީ އެމްޑީޕީގެ ހަތް މެންބަރުން
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހު ފާސްކުރިއިރު، އެ ބަޖެޓް ފާސް ކުރައްވަން ވޯޓް ނުދެއްވާ މެމްބަރުންގެ ތެރޭގައި އެމްޑީޕީގެހަތް މެންބަރުން ހިމެނިއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވަފާތެރި މެންބަރުންނާ ރައީސް ނަޝީދަށް ސަޕޯޓް ކުރައްވާ މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވުމަށް ފަހު، އަންނަ އަހަަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް އާދިއްތަ ދުވަހު ފާސްކުރިއިރު އެމްޑީޕީގެ ހަތް މެންބަރަކު ބަޖެޓު ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިނުވެއެވެ. 

ބަޖެޓް ފާސްކުރުމަށް ވޯޓު ނުދެއްވާ މެންބަރުންގެ ތެރޭގައި ހިމެނެނީ މާލޭ ސިޓީ ތަމްސީލް ކުރައްވާ ހަތަރު މެންބަރަކާއި އަތޮޅުތަކުގެ ދާއިރާތައް ތަމްސީލް ކުރައްވާ ތިން މެންބަރެކެވެ. 

ބަޖެޓް ފާސްކުރަން ވޯޓު ދެއްވި ބައެއް މެންބަރުންގެ ތެރޭގައި ބަޖެޓަށް ފާޑު ވިދާޅުވި ރައީސް ނަޝީދު ފެކްޝަންގެ މެންބަރުން ހިމެނެއެވެ. އަދި ރައީސް ނަޝީދު ފެކްޝަންގެ ބައެއް މެންބަރުން މަޖިލީހަށް ހޯމަ ދުވަހު ހާޒިރު ނުވެއެވެ. 

ބަޖެޓް ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިނުވާ އެމްޑީޕީގެ މެންބަރުން

1- ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް

2- އިމްތިޔާޒް ފަހުމީ

3- ކުރީގެ ޗެއާޕާސަން ހަސަން ލަތީފު

4- އިބްރާހިމް ރަޝީދު- ބޮންޑޭ

5- މުހައްމަދު ވަހީދު- ވައްޑޭ

6- އަހްމަދު ޒާހިރު

7- އިލްޔާސް ލަބީބް

ހޯމަ ދުވަހު އޮތް ޖަލްސާގައި ބަޖެޓް ވޯޓުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިނުވާއިރު، އިދިކޮޅު ކޯލިޝަނުން ވޯޓު ދީފައިވަނީ ބަޖެޓް ފާސްކުރުމާ ދެކޮޅަށެވެ. 

ހޯމަ ދުވަހުގެ ޖަލްސާއަށް ފަހު މަޖިލީސް ޗުއްޓީއަށް ގޮސްފައިވާއިރު، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ އަހަރުއެވެ. އެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވާނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް