ads
އާލިއާ ބަޓް
ވިހެއި ފަހުން ވެސް އާލިއާ ބަޓް ގެ ފިޓްކަން ފެނި ފޭނުން އަޖައިބުވެއްޖެ
ބޮލީވުޑްގެ ތަރި އާލިއާ ބަޓް ވިހެއި ފަހުން ވެސް އޭނާ ފިޓް ކަމުން އެވާހަކަ ގިނަ ބަޔަކު ދައްކަން ފަށައިފިއެވެ.

އާލިއާ ބަޓް އަށް ނޮވެންބަރު ހަ ވަނަ ދުވަހު އަންހެން ދަރިފުޅަކު ލިބުނުފަހުން ފުުރަތަމަ ފަހަރަށް އޭނާ ގެއިން ބޭރުގައި އުޅެނިކޮށް ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. 

އާލިއާ ވަނީ އޭނާގެ ދައްތަ ޝަހީން ބަޓްގެ އުފަން ދުވަސް ފާހަގަކުރަން އޭނާގެ އާއިލާ މީހުން ދިރިއުޅޭ ގެއަކަށް ޒިޔާރަތް ކޮށްފައެވެ. 

ޕަޕަރާޒީ ނޫސްވެރިން ވަނީ އޭނާ އެ ގޭގައި ހުއްޓައި ފޮޓޯނަގައި ފޮޓޯތައް ޕަބްލިޝްކޮށްފައެވެ. އެންމެން ވެސް އަޖައިބުވީ ވިހެއިފަހުން ފުރަތަމަ ފަހަރަށް އާލިއާ ބަޓް ފެނުނުއިރު ވެސް އޭނާ ފިޓް ކަމުންނެވެ. ފިޓް ކަމުގެ ވާހަކަ ވަނީ އިންޑިއާގެ ބޮޑެތި ނޫސްތަކުން ވެސް ޖާގަ ހޯދާފައެވެ. 

ނޫ ކުލައިގެ ފައިކުރި ފުޅާ އަދި ދޫ ޖީންސަކާއި ކަޅު ޓީޝާޓެއް ލައިގެން އާލިއާ ހުރި އިރު އޭނާއަކީ މިމަހު ވިހައިގެން ނުކުތް މީހެކެވޭ ވެސް ހީނުވެއެވެ.

your imageދައްތަގެ އުފަން ދުވަހުގެ ޕާޓީއަށް ގޮސް އާލިއާ ބަޓް އޭނާގެ މަންމަ އާއިއެކު

ދައްތަގެ އުފަން ދުވަސް ފާހަގަ ކުރަން ދިޔަ ނަމަވެސް އާލިއާގެ ދަރިފުޅު، ރަހާ ކަޕޫރު އެ ޕާޓީއަކަށް ނުގެންދެއެވެ. އަދި ޕާޓީން އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރެއް ވެސް ނުފެނެއެވެ. ނަމަވެސް އަގުބޮޑު ބައިސްކަލެއްގައި ރަންބީރު ކަޕޫރު ވަނީ ހޯމަ ދުވަހު ފެނިފައެވެ. 

އާލިއާ އާއި ރަންބީރު އެކަކު އަނެކަކާ ހިތާވެގެން އުޅޭތާ ދެތިން އަހަރު ފަހުން،  ދެމީހުން ކައިވެނި ކުރީ މިއަހަރުގެ ކުރީކޮޅު އެވެ.

އެމީހުން ބަލިވެ އިންކަން އިއުލާން ކުރަނީ މިއަހަރުގެ ޖޫން މަހު އެވެ. އެކަމުގެ ސަބަބުން އެންމެން ހައިރާންވިއެވެ. 

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަކީ މިހާރު މައިންބަފައިންނާއި ހަޔާތުގެ އެންމެ ޝައުގުވެރި ބާބުގަ އެވެ. އާލިއާ ތުއްތު އަންހެން ކުއްޖަކަށް މަރުހަބާ ކިޔުމަށްފަހު ބަތަލާ ވަނީ ދަރިފުޅު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ވެސް ދާދިފަހުން ވާހަކަ ދައްކާފައެވެ.

އާލިއާ ބުނެފައިވަނީ ދަރިފުޅު ވަކިކަމެއް ކުރުވަން އެއްވެސް ފޯރިއެއް ބާއްވަން ނުވަތަ އެއްވެސް މާޔޫސްކަމަކާ ކުރިމަތިލާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން، "އެޖާގަ ހުސްކޮށް" ބޭއްވުން ބުއްދިވެރިކަމަށެވެ. ދަރިފުޅު އެކްޓުކުރަން ވެސް މަޖުބޫރު ނުކުރަނެކަމަށް އޭނާ ބުނެއެވެ. 

އާލިއާ އާއި ރަންވީރު އެމީހުންގެ ދަރިފުޅުގެ ފޮޓޯ އަންމު ކުރަން ވިސްނާފައިވަނީ ދަރިފުޅަށް ހަ މަސް ފުރުމުންނެވެ. 

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް