ads
ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ސިނާއީ ސަރަހައްދުގެ އިމާރާތްތައް އަށް ބުރިއަށް ނެގޭނެ
ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯންގެ މިހާރު ކަނޑައެޅިފައިވާ އިމާރާތް ކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ނިންމައިފި އެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެނައުމަށް ނިންމީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ގާއިމު ކުރުމަށްޓަކައި ކަމަށެވެ. 

އެގޮތުންވެ ކުރިން ހަ ފްލޯއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދެވިފައިވާއިރު އިތުރު 2 ފްލޯއަށް އިތުރުކުރުމަށް ހުއްދަ ދިނުމަށް ނިންމާފައި ވާކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މި ބަދަލު ގެނައުމެގެ އެއްމެ ބޮޑު އެއް ބޭނުމަކީ އިންޑަސްޓްރިއަލް ސަރަހައްދައް ބޮޑުވެފައިވާ ޑިމާންޑްއަށް ހައްލެއް ހޯދައިދިނުމާއި ހުޅުމާލޭގައި ހިންގޭ ވިޔަފާރިތަކަށް ގިނަ ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ. 

"އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުން. މި ބަދަލާއި އެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ހިދުމަތް ހޯދާއި ހިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ." އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ގެންދަނީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންތަތްތަކަށް އަވަސް ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކުރަމުން ކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް