ads
ކުރީގެ ރައީސް ޔާމީން---
ޑޮކްޓަރުން ދިން ލަފާ ރައީސް ޔާމީންގެ އާއިލާއާ ހިއްސާކޮށްފިން: އިމްރާން
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސިއްހީ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން ދީފައިވާ ލަފާ އާއިލާއާ ހިއްސާ ކޮށްފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ހާލުކޮޅު ގާތުން ބެލުމަށްޓަކައި އިއްޔެ މާފުށި ޖަލަށް ޒިޔާރަތް ކުރައްވާ ރައީސް ޔާމިން އާ ބައްދަލުކޮށް އެމަނިކުފާނުގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި އެމަނިކުފާނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފާއާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު. އަދި ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރު ވަނީ އާއިލާ އާ ހިއްސާ ކުރެވިފައި" މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން މިދިޔަ ހަފްތާގައި އައިޖީއެމްއެޗުގައި ވަނީ ޓެސްޓުތަކެއް ހެދުމަށް އެޑްމިޓް ކޮށްފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށާއި، 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު) އިން  ރައީސް ޔާމީން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.

އެ ހުކުމް އިސްތިއުނާފް ކުރުމުން، އިއްޔެ އަޑުއެހުމެއް ބާއްވާފައިވާއިރު، ހައި ކޯޓުން ކުރިން ވަނީ އިސްތިއުނާފު ނިމެންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން މިނިވަން ކުރުމަށް އަމުރަކަށް އެދުމުން، އެކަން ކޮށްދެވެން ނެތް ކަމަށް ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް