ads
ރައީސް ޔާމީން
ރައީސް ޔާމީނަށް އާ އަހަރަށް އޮތީ ހުކުމް
ވ.އަތޮޅު އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ މަޖިލިސް މެންބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުވާގެ ޝަރިއަތުގެ އަޑު އެހުންތައް ނިންމާލައިފިއެވެ.

ދައުލަތުން ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ މި ދައުވާގެ އަޑު އެހުންތައް މިއަދު ނިންމާލީ، ހުލާސާ ބަޔާނާއެކުއެވެ. މި މައްސަލައިގެ ހުކުމް އެއް މަސް ދުވަހުގެ ތެރޭގައި ކުރާންވަނީ ތާވަލުކޮށްފައެވެ. މާނައަކީ އާ އަހަރާ ރައީސް ޔާމީން ކުރިމަތިލާނީ މި މައްސަލައިގެ ހުކުމާއެކުއެވެ. ހުކުމް އަންނަ ގޮތަކުން އަންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ކުރައްވަމުންދާ އުއްމީދުތައް ގެއްލުން، ނުވަތަ ވެރިކަމުގައި ތިބި ފަރާތްތަކުން ކުރަމުން އަންނަ އުއްމީދުތައް ގެއްލުން އެކަށީގެންވެއެވެ.  

މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމަޔަށް ކުރިއަށްދިޔަ ހުލާސާ ބަޔާން އިއްވުމުގެ  އަޑުއެހުމުގައި ދައުލަތުގެ ފަރާތުންނާއި، ދިފާއުންވެސް ވަނީ މައްސަލައިގެ ފަހު ބަސް އިއްވާފައެވެ.

ހުލާސާ ބަޔާނުގައި ދައުލަތުގެ ފަރާތުންވަނީ މިމައްސަލާގައި ދައުލަތުން ހުށަހެޅި ކަންކަމާއި، ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ވާހަކަ ދައްކާފައެވެ. މައްސަލާގައި ދައުވާ ރައްދުވާ ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ އާރަށް ވަކި މީހަކަށް ކުއްޔަށްދޭން ކުރި ކަމެއް ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް