ads
މިއަދުން ފެށިގެން އެކްޓިވޭޓްކޮށްފައިވާ ސިމް ނުވިއްކާނެ
ސިމް ކާޑު ވިއްކުން މިއަދުން ފެށިގެން ރައްކާތެރި އުސޫލަކަށް
މޯބައިލް ފޯނު ސިމްކާޑު ދޫކުރުމުގެ އުސޫލަށް ހަރުކަށިކޮށް މިއަދުން ފެށިގެން އެއުސޫލަށް އަމަލުކުރަން ފަށައިއެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބުނީ މޯބައިލް ފޯނު ސިމްކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމަށް ނިންމީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުން ކަމަށެވެ.

މިއަދުން ފެށިގެން، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ ގޮތަށް ނުވަތަ ނޮން އެކްޓިވޭޓަޑް ސްޓޭޓަސްގައެވެ. ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަވިސް ޕްރޮވައިޑަރަށް ލިބުމުންނެވެ.

ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުގެ ސަބަބުން ރަޖިސްޓާ ނުކޮށް ހުންނަ ސިމްތައް ބޭނުން ކޮށްގެން ސްކޭމް ކޯލް ކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގައި ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިމްތަކުގެ ރަޖިސްޓްރޭޝަންގެ މައްސަލަތަކާއި ލިމިޓެއް ނެތި ސިމް ވިއްކުން ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

50%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް