ads
ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރައީސް ޔާމީންގެ ޝަރީއަތުގައި ރައުޔު އިއްވަނީ--
ދިފާއުފައި މަހާޒް ސޯޝަލް މީޑިއާއަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމިމުމާއެކު ދިފާއުގައި މަހާޒް ސޯޝަލް މީޑިއާއަށް ނުކުންނަވައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ މަހާޒްއާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ޖޭއެސްސީން އެކަން ހާމަކުރުމުުގެ ކުރިން މަހާޒްވަނީ އެ ވާހަކަ ފަނޑިޔާރުންގެ ޖަމިއްޔާގެ ވައިބާ ގްރޫޕުގައި ހިއްސާކޮށްފައެވެ. 

ޖޭއެސްސީން ، ސުލޫކީ މައްސަލައެއް ބަލަން ނިންމިކަން ހާމަކުރުމާއެކު މަހާޒްވަނީ އޭނާގެ މައުސޫމްކަން ހާމަ ކުރައްވަން ސޯޝަލް މީޑިއާއަށް ނުކުންނަވާފައެވެ. މަހާޒްގެ މައުސޫމްކަން ހާމަ ކުރައްވަން ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައި މަހާޒް ވިދާޅުވީ، އޭނާގެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން އިންސާފުން ކުރިއަށް ގެންގޮސްދިނުން އެދޭ ކަމަށެވެ. 

ޖޭއެސްސީން މިއަދު ބުނީ ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ހަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް