ads
އަނިޔާވެރިންނަށް މުހުލަތު ދިގުކުރައްވާނެ، މަރު ހިއްޕަވާނީ ގަދަފަދަ މަރަކުން: ހުތުބާ
މިއަދުގެ ހުކުރު ހުތުބާ ހާއްސަވެފައިވަނީ، ”އަނިޔާވެރިންނަށް މުހުލަތު ދެއްވައެވެ“ މި މައުލޫއުއަށެވެ. ހުތުބާގައި ބުނީ، އަނިޔާވެރިކަމަކީ، އިސްލާމުދީނުގައި ހުރިހާ މާނައެއްގައި މަނާކޮށްފައިވާ އަހްލާގީގޮތުން ހުތުރު ސިފައެއް ކަމަށާއި، އުންމަތްތައް ހަލާކު ކުރެއްވި ސަބަބެެއް ކަަމަށެވެ.

މިކަން މިހެން އޮތްނަމަވެސްް އަނިޔާވެރިންނާއި ފާސިގު ނުބައި މުޖުރިމުން ހާލަކުނުކުރައްވައި މާތްﷲ އެމީހުންނަށް މުހުލަތު ދެއްވަނީ ކީއްވެތޯ؟ އިސްލާމުދީނާއިމެދު ޝައްކު އުފައްދާ މީހުން ސުވާލު ކުރާކަން ހުތުބާގައި ފާހަގަކުރި އެވެ.

”މުސްލިމު އަހުންނާއި އުހުތުންނޭވެ! ދުނިޔެއަކީ ޖަޒާދެއްވުމުގެ ގޮވެެއްޗެއް ނޫނެވެ. ޖަޒާދެއްވުމުގެ ގޮވެއްޗަކީ އާހިރަތްދުވަހެވެ. ބައެއް ފަހަރު މާތްﷲ އަނިޔާވެރިންނަށް މުހުލަތު ދެއްވަނީ އެ އަނިޔާވެރިކަމުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައެވެ. އެމީހަކު އުޅޭ ތަނެއްގެ ނުވަތަ ރަށެއްގެ މީހުންނަަށް އެކަން ފެނި އެނގިދެނިވުމަށް ޓަކައެވެ. އެމީހަކާއި ދެކޮޅަށް އާހިރަތްދުވަހު ހިސާބު ބެލެވޭއިރު، ހެކިވެރިންގެ ގޮތުގައި ތިބުމަށެވެ. އަނިޔާވެރިޔާ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިޔަވަރަކަށް އޭނާއަށް ލިބޭވޭން ބޮޑުވާނެ އެވެ. “ ހުތުބާގައި ބުންޏެވެ.

ނަމަވެސް އެފަދަ މީހުންނަށް މާތްﷲ ކަނޑައަޅުއްވާފައިވާ މުހުލަތު ޖެހުމާއިއެކު ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެ މުހުލަތު މާތްﷲ ކަނޑައަޅާފައިވާ ދުވަހަށްވުރެ އަވަހެއް ނުވަތަ ލަހެއްވެސް ނުވާނެ ކަމަށެވެ. 

އަދި އެފަދަ މީހުންގެ ހިއްޕެވުމުގެ ގަދަފަދަކަން ވަނީ އެމީހުންގެ އަނިޔާވެރިކަމާއި ގުޅިފައި ކަމަށް ހުތުބާގައި ބުންޏެވެ. މީގެ އިތުރުން އަނިޔާވެރިންގެ ކިބައިން އަނިޔާ ލިބުނު މީހުންނަށް ޖެހުނު ވޭނަށްވުރެ އަނިޔާވެރިޔާއަށް މާތްﷲ ދެއްވާ އުގޫބާތް ގަދަފަދަ ވެގެންވާކަން ހުތުބާގައި ފާހަގަކުރި އެވެ.

”ރަށްތައް(އެބަހީ ރަށްތަކުގެ އަހުލުވެރީން) އަނިޔާވެރިވެގެންވާ ހާލު، ކަލޭފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިދު، އެކަލާނގެ ހިތްޕެވުން އޮތީ އެފަދައިން ނެވެ. ހަމަކަށަވަރުން އެކަލާނގެ ހިތްޕެވުމަކީ، ވޭންދެނިވި ގަދަފަދަ ކަމެކެވެ.)“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނިގޮތުން މާތްﷲ އަނިޔާވެރިންނަށް އުގޫބާތް ދެއްވަނީ، މަޑުމަޑުން ހަލާކުގެ ތެރެއަށް ވައްޓަވައިލައްވައިގެން ނެވެ. މާތްﷲ ދެއްވާ އުގޫބާތުގެ މުހުލަތު ޖެހުމުން އެކަމުން އޭނާއަށް ރެކި ނުގަނެވޭނެ އެވެ. އެ އުގޫބާތް ދުނިޔޭގައިވެސް ލިބިދާނެ އެވެ. އާހިރަތުގައި ވެސް ލިބިދާނެ އެވެ. އަދި ދެ ދުނިޔޭގައި ވެސް ލިބިދާނެ އެވެ. 

އަދި އަނިޔާވެރިންނަށް އުގޫބާތް ނުދެއްވާ ލަސްކުރައްވަނީ މާތްﷲގެ އަޒާބުގެ މައްޗަށް ރަހުމަތްފުޅު އިސްކުރައްވައިގެން ކަމާއި، ނުވަތަ ކަންތައް ބޮޑުވެ، ލޯތައް ހުޅުވޭ ދުވަހަކަށް އޭނާއަށް އުގޫބާތް ގަަދަފަދަ ކުރެއްވުމަށްޓަކައި ކަން ހުތުބާގައި ފާހަގަކުރި އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް