ads
ފަރުކޮޅުފުށީގައި ބަހައްޓާފައިވާ އެނދެއް -- ފޮޓޯ: ހެލްތު މިނިސްޓްރީ
ޗައިނާއިން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީންކޮށްފި
ޗައިނާއިން އެނބުރި ރާއްޖެއައި ދެ ދިވެހިން ކަރަންޓީނުކޮށްފިއެވެ.

ޗައިނާއިން އައި ދެ ދިވެހިން ކޮރޯނާއަށް ޕޮޒިޓިވް ނުވި ނަމަވަސް ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މި ދެ މީހުން ރާއްޖެ އައުމަށް ފަހު ކަރަންޓީން ކުރަންޖެހެއެވެ.  

ސަރުކާރުން މިހާރު އަމަލުކުރަމުންދާ ޕްރޮޓޮކޯލްގެ ދަށުން ޗައިނާގައި ދިރިއުޅޭ ނުވަތަ ޒިޔާރަތް ކޮށްފައިވާ ދިވެހިން އަނބުރާ ގައުމަށް އައުމުގެ ހުއްދަ ދީފައި ވީނަމަވެސް، ޗައިނާއިން އަންނަ މީހުން އަނބުރާ މުޖުތަމައުއަށް ނުކުމެވޭނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހުގައެވެ. 

ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ޗައިނާއިން ޓޫރިސްޓުން ގެނައުން މަޑު ޖައްސާލައިފަ އެވެ. ޗައިނާއަށް ދަތުރު ކޮށްފައިވާ އެހެން ގައުމުތަކުގެ މީހުންވެސް ރާއްޖެއަށް ވަނުން ވަނީ މަނާކޮށްފައެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ސްކްރީން ކުރުމުގެ މަސައްކަތްވެސް ޓޫރިޒަމް މިނިސްޓްރީ އިން އަންނަނީ ކުރަމުންނެވެ. 

ހެލްތް މިނިސްޓްރީއިން ވަނީ ކޮވިޑް-19 ވައިރަހުގެ އަޕްޑޭޓްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މި ވައިރަހުގެ އަސަރު ހުރި ފަރާތެއް އައިޑެންޓިފައި ކުރެވިއްޖެނަމަ އެ މައުލޫމާތުތައް އެންމެ އަވަސްގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް ވެސް އެމިނިސްޓްރީއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް