ads
ރައީސް ސާލިހާ ރައީސް ނަޝީދު
ރައީސް ސާލިހާ ގުޅޭ ގޮތުން ނަޝީދުގެ އޮތީ ހުސް ޝަކުވާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް ސޯލިހާ ގުޅުން ހީނަރުވީ ސަބަބުތައް ހާމަކޮށްދެއްވައި ރައީސް ސާލިހާ ގުޅޭ ގޮތުން ޝަކުވާ ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމަށް ފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިއްޔެ ތިނަދޫއަށް ވަޑައިގެން ރޭ އެ ރަށުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ސާލިހު އެ މަނިކުފާނާ ވާހަކަ ދެއްކެވުން ހުއްޓަވައިލައްވާ ދެކޮޅަށް ބަސް ވިދާޅުވާން ފެށްޓެވީ ބަޔަކު ދިން ލަފައަކާ ގުޅިގެން ކަމަށެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ލަފާދޭ މީހުން ދެކޭ ގޮތުގައި ސާލިހު، ނަޝީދާ އެކު ހުންނެވުމުން ސާލިހުގެ ފެންނަވަރު މަދުވެ ވިދުން ކުޑަވަނީއެވެ. އަދި ރައީސް ސާލިހުގެ ވިދުން ގަދަވެ، މަގްބޫލް ވެގެންދާނެ ގޮތަކީ ނަޝީދުއާ ދުރުވުން ކަމަށްވެސް ނަޝީދުއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. 

ރައީސްއަށް ލަފާއެރުވީ އަޅުގަނޑު ހުންނާތީރައީސް ފެންނަ މިންވަރު މަދުވާނެއޭ، ވިދާ މިންވަރު ކުޑަ ވާނެއޭ. ދެން ވިދުން ބޮޑު ކުރެވޭނެ ގޮތަކީ އަޅުގަނޑާ ވާހަކަ ނުދެއްކުމޭ. އަދި އުސޫލެއްގެ ގޮތުން ގެންގުޅުއްވަންވީ އުސޫލަކީ އަޅުގަނޑު އެއްޗެއް ބުނެފިއްޔާ އެއާ ދެކޮޅަށް އެއްޗެއް ބުނުމޭ. އެއީ ކިތަންމެ ބުއްދި ހަމަނުޖެހޭ ކަމެއް ވިޔަސް. މި ދެ ކަންތައް ކުރަމުން ގެންދެވީމާ ރައީސްގެ ރެދަން ނުވަތަ ވިދުން ބޮޑުވާނެއޭ

ނަޝީދުއާ ސާލިހާ ދެމެދު ގުޅުން ގޯސްވެ އެމްޑީޕީ ތެރޭގައި ރަސްމީކޮށް ދެ ފެކްޝަންވަނީ އުފެދިފައެވެ. ރައީސް ސާލިހަށް ތާއީދު ކުރާ އެމްޑީޕީ މެންބަރުންނާ ރައީސް ނަޝީދަށް ވަފާތެރި މެންބަރުންގެ މެދުގައި ސޯޝަލް މީޑިއާއިން ފެށިގެން މަޖިލީހުގެ ތަޅުމުގައިވެސް އަންނަނީ ހޫނު ބަހުސްތައް ކުރެވެމުންނެވެ. އެކި މަހަލްތަކުގައި ރައީސް ނަޝީދު، ރައީސް ސާލިހަށް އަމާޒު ކުރައްވާ އެކިއެކި ހަމަލާތައް ފޮނުއްވާލައްވާފައިވާއިރު ރައީސް ސާލިހު މިހާތަނަށްވެސް ހުންނެވީ ހިމޭނުންނެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް