ads
މީގެ ކުރިން މާލެއިން އަތުލައިގަތް މަސްތުވާތަކެތި. ފޮޓޯ:ހަމީދު/ޓްވިޓާ
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި
ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުން ކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބޮޑު ނެޓްވޯކް އެއް އަތުލައިގެންފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރު ކޮށްފަ އެވެ. އިއްޔެގެ ވަގުތެއްގައި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމް އެ ކޯޓުން ވަނީ، ތިން މީހެއްގެ ބަންދަށް 30 ދުވަހުގެ މުއްދަތު ޖަހާފަ އެވެ. އަދި ދެ މީހެއްގެ މައްޗަށް 25 ދުވަހުގެ ބަންދުގެ މުއްދަތުވެސް ކޯޓުން ވަނީ ޖަހާފަ އެވެ. 

މީގެ އިތުރުން ކޯޓުން ވަނީ، އެކަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ. 

ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ވަނީ، އެތަނުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. މީގެ އިތުރުން އެތަނުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި އެކޮ ގޮތް ގޮތަށް ބަންދު ކުރުމަށް ބޭނުން ކުރާ އާލާތްތައް ވެސް އެތަނުގެ ތެރެއިން ވަނީ ފެނިފަ އެވެ. 

މި މައްސަލައައިގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކުރި، މީހާ ވަނީ އެތަނުން ފެނުނު ފައިސާ ތަކަކީ އޭނާގެ ފައިސާތައް ކަމަށް ކޯޓުގައި އިއުތިރާފުވެފަ އެވެ. 

އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދިޔަ ޝަރީއަތުގައި ފުލުހުން ވަނީ، މަސްތުވާތަކެތީގެ ކަންކަން އެތަނުގެ ތެރޭ ހިންގަމުން ގެންދިޔައީ، ވަރަށް ބޮޑަށް ރޭވިގެން ކަމަށާއި، އެކަން ކުރަމުން ގެންދިޔައީ، ބޮޑު ނެޓްވޯކް އެއްގެ ތެރެއިން ކަމަށް ބުނެފަ އެވެ. 

އަދި މި އެންމެނަކީވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

55%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް