ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް މައްސަލަ ސާބިތުވެ، އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ކ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މުހައްމަދު ޝައިބާން ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. 

ޝައިބާން ހައްޔަރުކުރީ 2020 ވަނަ އަހަރު، އެ ކުއްޖާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ވަކިން ހަދާފައި ހުންނަ ތިން ކޮޓަރީގެ ތެރެއިން ކޮޓަރިއަކަށް ކުއްޖާ ގެންދިއުމަށްފަހު ކުއްޖާ އާއި ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގަ އެވެ. 

ދައުލަތުން އޭނާއަށް ދައުވާކުރީ ކުޑަކުއްޖެެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރުކުރި ނަމަވެސް ދައުލަތުން ވަނީ މައްސަލަ ސާބިތު ކުރުމަށް ހެކި ހުށަހަޅާފަ އެވެ. 

"ޝައިބާން ދައުވާއަށް އިންކާރު ކުރުމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި، ގަރީނާތަކަށް ބެލުމުން، މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމާއި، ޝައިބާންއާ ގުޅޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުބައި ނިޔަތެއް ޝަކުވާކުރި ކުއްޖާގެ ކިބައިގައި އޮތްކަން އެނގެން ނެތުމުން މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަހަކީ އާދަޔާ ހިލާފަށް ތެދު ހެކިބަހެއްގެ ގޮތުގައި ޝަރީއަތަށް ޤަބޫލުކުރެވޭ." ހުކުމުގައި ބުނެފައިވެ އެވެ. 

އެއާއެކު ކުރިމިނަލް ކޯޓުން ވަނީ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށަށް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން ޝައިބާން، 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

އެހެންނަމަވެސް މި މައްސަލައިގެ ތަހުގީގު ފެށިފަހުން އޭނާ ހުރީ ބަންދުގައި ކަމުން، އޭނާ ތަންފީޒު ކުރަންޖެހޭނީ ހަތް އަހަރާއި ހަތަރު މަސް ދުވަހުގެ ޖަލު އަދަބެއް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް