ads
ސުނިލް ޗެތްރީ
ބެންގަލޫރުން ކުރަން ޖެހޭ ކަންކަން އަހަރުމެންނަށް އެނގޭ: ސުނިލް ޗެތްރީ
އޭއެފްސީ ކަޕް ކޮލިފައިންގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް މިރޭ އިންޑިޔާގައި ކުޅޭ މެޗުގައި ބެންގަލޫރުން ކުރަންވީ ކަންކަން ހުރިހާ ކުޅުންތެރިންނަށްވެސް އެނގޭ ކަމަށާއި، އަމިއްލަ ދަނޑުގައި ހުރިހާ އެޑްވާންޓޭޖެއްވެސް ނަގާނެ ކަމަށް ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީ ބުނެފިއެވެ. ސުނިލް ޗެތްރީގެ ބެންގަލޫރަށް، މާލޭގައި މާޒިޔާއަތުން ބަލިވެފައިވާތީ، އޭއެފްސީ ކަޕްގެ ކޮލިފައިންގައި އަމިއްލަ ދަނޑުގައި މިރޭ މާޒިޔާ ބަލިކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ.

އަނިޔާގެ ސަބަބުން ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުރުމަށް ފަހު، އަލުން އެނބުރި މިރޭ ދަނޑަށް ނުކުންނަން ތައްޔާރުވެފައިވާ އިންޑިޔާގެ ގައުމީ ޓީމުގެވެސް ކެޕްޓަން ޗެތްރީ ބުނީ، އޭއެފްސީ ކަޕަކީ ވަރަށް އިސްކަންދޭ މުބާރާތެއް ކަމަށާއި އެހެންކަމުން މިރޭ މާޒިޔާގެ މައްޗަށް ކުރި ހޯދުން ނޫން އެހެން އެއްވެސް ވިސްނުމެއް ޓީމުގައި ނެތްކަމަށެވެ.

"އޭއެފްސީ ކަޕަކީ އަހަރުމެންނަށް ވަރަށް މުހިއްމު މުބާރާތެއް. މާލޭގައި މާޒިޔާ އަތުން އަހަރުމެން ބަލިވީތީ ހިތާމަކުރަން. އެހެންކަމުން މިރޭ މާޒިޔާގެ މައްޗަށް ކުރި ހޯދުން ނޫން އެހެން އެއްވެސް ގޮތެއް ނެތް. އަހަރުމެންނަށް އެނގޭ އަހަރުމެން ކުރަން ޖެހޭ ކަންތައް"

މީގެ ކުރިން މާޒިޔާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގައި ތިން ލަނޑު ޖަހާފައިވާ ޗެތްރީ ބުންޏެވެ. މާލޭގައި މި ދިޔަ ހަފްތާގައި ދެ ލަނޑު އެއް ލަނޑުން ބެންގަލޫރު އެފްސީ ބަލިވި މެޗުގައި ޗެތުރީ ނުކުޅެއެވެ. އަދި އިންޑިއަން ސުޕަރ ލީގުގައި ބެންގަލޫރުން އެންމެ ފަހުން ކުޅުނު މެޗުތަކައިވެސް އަނިޔާގެ ސަބަބުން ޗެތްރީ ނުކުޅެއެވެ. 

"މާޒިޔާ ވަރަށް އޮގަނައިޒް. އަހަރުމެން ވަރަށް ފަރުވާތެރިވެ، ބައިކޮޅަށް ގޯލެއް ވަނަ ނުދީ އެބެޖެހޭ ގޯލް ޖަހަން. މިއީ ފަސޭހަ ކަމެއް ނޫން، އެކަމަކު އަމިއްލަ ދަނޑުގައި އަހަރުމެންނަށް އެކަން ކުރެވޭނެ." ޗެތްރީ ބުނެފައިވެއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ބެންގަލޫރާ ދެކޮޅަށް ކުޅެން މާޒިޔާއިން އިންޑިޔާއަށް ދިޔައީ ހޮނިހިރު ދުވަހުއެވެ. ބުދަ ދުވަހު ބެންގަލޫރުގައި ކުޅޭ މެޗުން ބަލި ނުވެ ފަރު ޖައްސާލެވިއްޖެ ނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މާޒިޔާއަށް ފުރުސަތު ލިބޭނެއެވެ. ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭ ބަޔަކު ދާނީ ގްރޫޕް އީ އަށެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ރާއްޖޭގެ ޓީސީއާ އިންޑިޔާގެ ޗެންނާއީ އެފްސީ އަދި ބަންގާޅުގެ ބަޝަންދުރާ ކިންގްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް