ads
މިނިސްޓަރު އިމްރާން
ސްކޭމްތައް ހުއްޓުވުމަށް ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: އިމްރާން
ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ސްކޭމް ކޯލް ތަކުގެ ސަބަބުން ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އޭގެ އަސަރު ކުރަމުން އަންނަ ކަމަށާއި، އެކަން ހުއްޓުވުމަށް އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް، ހޯމް މިނިސްތަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، ''މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް" ގެ ނަމުގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގަ އެވެ. 

މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވީ، ސްކޭމް ކޯލް ތަކުގެ ސަބަބުން ރައްޔިތުންނާއި، ވިޔަފާރިތަކަށް ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމަތް ކުރުމަށް ކަމާއި ގުޅުން ހުރި ހުރިހާ އިދާރާތަކާއި، މުވައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. 

އަދި މިކަމުން ސަލާމަތް ވުމަށް އެޅެން އޮތް އެންމެ މުހިއްމު އެއް ފިޔަވަޅަކީ، ރައްޔިތުން އިތުރަށް މިފަދަ ކަންކަމަށް ހޭލުންތެރި ކުރުވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖޭގައި ފަހަކަށް އައިސް ހިންގަމުން އަންނަ ސްކޭމް ކޯލް ތައް ހުއްޓުވުމަށް މިއަދު ފެށި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ މިކަމުގެ ހުރި ނުރައްކާތެރިކަން ހިއްސާ ކުރައްވާފަ އެވެ. 

އެގޮތުން ސީޕީގެ ވާހަކަފުޅުގައި، މި އަހަރު އެކަނިވެސް އޮޅުވާލައިގެން ކުރާ ސްކޭމްގެ 998 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މި ކޯލް ތަކުގެ ސަބަބުން 23 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައި ވާކަމަށްވެސް ސީޕީ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް